
ޤާސިމް އިބްރާހިމްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށްޓަކައި މާމިގިލީގައި ބޭއްވި ބޮޑު ޖަލްސާގެ ތެރެއިން
ވިލުފުށި ދާއިރާގެ ރައްޔިތުންނަށް ރިޔާޒްގެ އާދޭސް: "އެ ލޯބި ލޯބި ދެ ދަރިން އެދޭ ކަންތައް މިފަހަރު ކޮށްލަދީ"

އަހުމަދު ޒަލީފު - 13 އޯގަސްޓު 2023 - 15:19
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމަށް ވޯޓު ދެއްވުމަށް ވިލުފުށީ ދާއިރާގެ ރައްޔިތުންގެ ކިބައިން، އެ ދާއިރާގެ ކުރީގެ މެމްބަރ ރިޔާޒް ރަޝީދު އާދޭހާއި އެކު ދަންނަވައިފިއެވެ.
އަޅުގަނޑުގެ ވަރަށް ލޯބި ލޯބި ދެކުދިން.. އަސަރުހުރި ވާހަކައެއް މީ. މާދަމާ އެ ދެކުދިން އެ ނިކުންނަނީ އަލަށް. އަޅުގަނޑުގެ އުފަން ރަށަށް އެ ދަނީ އަޅުގަނޑުގެ މަންމައާއި އަޅުގަނޑުގެ ބައްޕަގެ ރަށަށް އެ ދަނީ އޮނަރަބަލް ޤާސިމް އިބްރާހިމްގެ ކެމްޕެއިނަށް. އަލަށް އެ ދެކުދިން މަގުމައްޗަށް އެ ނިކުންނަނީ. އެއީ މަނިކުފާނަށް (ޤާސިމް އިބްރާޙިމް)އަށް ޓަކައި، މަނިކުފާނު ދެކެ ވާ ލޯތްބަަށްޓަކައި، ދުވަހަކުވެސް އަޅުގަނޑު ކުރަން ބޭނުންވާ ކަމެއް ނޫން އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންނަށް ވަރަށް އާދޭހާއެކު އެ ދެކުދިން އެ ދާ ކަންތައް ފުރިހަމަކޮށްދިނުމަށް. - މާމިގިލީގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވިދާޅުވިއެވެ.
ޤާސިމްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށްޓަކައި ރޭ މާމިގިލީގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވިދާޅުވީ، ލިބުނު ހުރިހާ ފައިސާއެއްވެސް ޚަރަދުކޮށްފައިވާނީ ވިލުފުށީ ދާއިރާގެ ތަރައްޤީއަށް ކަމަށެވެ.

ޤާސިމް އިބްރާހިމްގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށްޓަކައި މާމިގިލީގައި ބޭއްވި ބޮޑު ޖަލްސާގެ ތެރެއިން
އަޅުގަނޑަށް ވުރެ ބޮޑު ޚިދުމަތެއް. އަޅުގަނޑު ބައްޕައަށް ވުރެ ބޮޑު ޚިދުމަތެއް އެ ދާއިރާއަށް އެ ރަށަށް ކޮށްދިން އިންސާނަކު މި ދުނިޔެ މަތީގައި ނުހުންނާނެ. އަޅުގަނޑު ބައްޕަ އަކީ 40 އަހަރު ވަންދެން ވެރިކަން ކުރި މީހެއް. އަޅުގަނޑު ބައްޕަ އަކީ ވިލުފުށީ ރަޝީދު ކަތީބު. އަޅުގަނޑުގެ ދާއިރާއަށް ވުރެ ބޮޑަށް ތަރައްޤީވެފައިވާ ދާއިރާއެއް ދިވެހިރާއްޖޭގައި ނޯންނާނެ. އެ މަސައްކަތް ކުރި މީހާ މީ. ރިޔާޒް ވިދާޅުވިއެވެ.
ރޭގެ ޖަލްސާފައި ރިޔާޒް ވަނީ ވަރަށް އުފާވެރި ޚަބަރެއްވެސް ދެއްވާފައެވެ.
އަޅުގަނޑު ސުވާލުކޮށްލަން އެބަ ބޭނުންވޭ، މެސީ ރާއްޖެ އައިތޯ، އައި ދެއްތޯ. އަދިވެސް އަންނާނެ. މެސީ ރާއްޖެ ގެނައުމުގެ މަސައްކަތް އަޅުގަނޑުމެންގެ ލީޑަރުގެ އިންތިހާބީ އެޖެންޓް އެބަ ކުރައްވާ - ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދަށް އިޝާރާތް ކުރައްވާ ރިޔާޒް މިރޭ ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި، ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ އައިސް ގަލޮޅު ދަނޑުގައި ފުޓުބޯޅަ ކުޅޭނެ ކަމަށް ޖޭޕީގެ ލީޑަރ ޤާޞިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރ ރިޔާޒް ރަޝީދު ވިދާޅުވިތާ މާ ގިނަ ދުވަސްތަކެއް ނުވެ، މެސީ ރާއްޖެ އައެވެ. މެސީގެ އެ ދަތުރަކީ ޤާސިމްގެ ކެމްޕެއިނާ ގުޅިގެން މެސީ ކުރި ޒިޔާރަތެއްތޯ ގިނަ ބަޔަކު އޭރު ސުވާލުވެސް އުފެއްދިއެވެ.
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ އޮލިމްޕިކްސް ސްޓޭޑިއަމެއް އަޅުއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ޤާޞިމް އިބްރާޙިމް ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

2028 ގެ ވެރިކަމަށް ވާދަ ކުރަން އަދި ނުނިންމަން: ސޯލިޙް
5 މިނިޓު ކުރިން
ވަގަށް ނެގި ތަކެތި ވަލުތެރެއިން ހޯދައި މީހަކު ހައްޔަރުކޮށްފި!
26 މިނިޓު ކުރިން

ވޭވަށުގެ ކައުންސިލްގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓަށް ދިނުމަށް ސްޕްރީމް ކޯޓުން ހުކުމް ކޮށްފި!
2 ގަޑިއިރު ކުރިން

ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން: ޚުޠުބާ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)