
ރ. އަލިފުށި ފޮޓޯ: އަލިފުށި އޮންލައިން
އަލިފުށީގެ ކަރަންޓު މައްސަލަ ހައްލުކުރަން ޖަނަރޭޓަރެއް ފޮނުވަނީ
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 15 އޯގަސްޓު 2024 - 07:11
ރ. އަލިފުށްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން ޖަނަރޭޓަރެއް ފޮނުވަން ފެނަކައިން ނިންމައިފިއެވެ.
އަލިފުށީ ފެނަކަ އިންޖީނުގޭގައި ބޭނުންކުރާ ދެ ޖަނަރޭޓަރަށް މައްސަލައެއް ދިމާވެން، ވަކި ތާވަލެއް ހަދައި އެ ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަން ވަނީ ފަށާފައެވެ.
އަލިފުށީގައި ކަރަންޓުގެ މައްސަލަ ބޮޑުވެފައި ވަނީ ބޭނުންކުރާ ތިން ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރު ބޭނުންނުކުރެވޭ ހާލަތު މެދުވެރިވުމުންނެވެ. އެ ރަށުގައި މިހާރު ބޭނުންކުރަމުން ދަނީ 600 ކިލޯވޮޓްގެ ޖަނަރޭޓަރެކެވެ.
އަލިފުށީ އިންޖީނުގޭގައި މައްސަލަ ޖެހިފައިވަނީ 400 ކިލޯވޮޓްގެ ޖަނެރޭޓަރެއްގެ އިތުރު 600 ކިލޯވޮޓްގެ ޖަނަރޭޓަރެއްގައެވެ.
ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަނީ ތާވަލަކާ އެއްގޮތަށް ސަރަހައްދުތަކަށް ބަހާލައިގެން ކޮންމެ ތިން ގަޑިއިރަކުން ތިން ގަޑިއިރަކުން އެއް ފަހަރު އެއް ގަޑިއިރަށް ކޮންމެ ސަރަހައްދަކުން ވެސް ކަރަންޓު ކަނޑާ ގޮތަށެވެ.
ކަރަންޓު ކެނޑުމަށް ނިންމާފައި ގޮތުގެ ތާވަލު ފެނަކައިން ވަނީ އެ ރަށު ރައްޔިތުންނާ ހިއްސާކޮށްފައެވެ.
ފެނަކައިން ބުނާ ގޮތުގައި މައްސަލަ ޖެހުނު ދެ ޖަނަރޭޓަރު އޮޕަރޭޝަނަލް ހާލަތަކަށް ގެނެވިއްޖެ ނަމަ އަލިފުށީގެ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ލިބޭނެއެވެ. ނަމަވެސް ދާއިމީ ހައްލެއް ލިބޭނީ އެއް މެގަވޮޓް ނުވަތަ 800 ކިލޯވޮޓަށްވުރެ ބޮޑު ޖަނަރޭޓަރެއް އެ ރަށަށް ގެންގޮސްގެނެވެ.
އަލިފުށި ފެނަކަ ބްރާންޗުންވަނީ 800 ކިލޮވޮޓަށްވުރެ މަތީގެ ޖަނަރޭޓަރެއް ހޯދުމަށް އެދިފައެވެ. އަދި އެ ބްރާންޗުން އެދުނު ގޮތަށް ޖަނަރޭޓަރެއް ފޮނުވުމަށް ފެނަކައިން ވަނީ ނިންމާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސް ސާލިހް އަށް އައްޑޫ އިން ހޫނު މަރުހަބާއެއް
7 ގަޑިއިރު ކުރިން

ޖެޓް ފިއުލް ލިބުމުގައި ދަތިކަމެއް ނެތް: މާލީ ވަޒީރު
9 ގަޑިއިރު ކުރިން

އެމެރިކާއަށް ގަލްފްގެ ގައުމުތަކަށް ހިމާޔަތެއް ނުދެވުނު: ރައީސް ނަޝީދު
9 ގަޑިއިރު ކުރިން

ރައްޔިތުންގެ ހިޔާލު ހޯދާ ވޯޓް ނެގުން ހުއްޓުވަން އަލީ ހުސެއިން ހުށަހެޅި މައްސަލަ ބަލައެއް ނުގަތް
9 ގަޑިއިރު ކުރިން


.gif&w=3840&q=75)