
ޕީއެސްްްއެމްގެ ޑީއެމްޑީގެ މަޤާމަށް ޢައްޔަންކުރެއްވި ޔާމީން ރަޝީދު
ކުރީގެ މެމްބަރު ޔާމީން، ޕީއެސްއެމްގެ ޑީއެމްޑީއަކަށް!

އަހުމަދު ޒަލީފު - 07 ޖެނުއަރީ 2024 - 15:31
ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުﷲ ޔާމީން ރަޝީދު، ޕަބްލިކް ސާރވިސް މީޑިޔާ (ޕީއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޢައްޔަންކުރައްވައިފިއެވެ.
ޕީއެސްއެމްގެ ޑީއެމްޑީގެ މަޤާމުގެ އިތުރުން އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް، ޕީސީބީން ޔާމީން ޢައްޔަންކޮށްފައިވާއިރު، ޔާމީނަކީ މީޑިޔާގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ޙާޞިލްކޮށްފައިވާ ބޭފުޅެކެވެ.
އޮންލައިން މީޑިޔާގެ އިތުރުން، ބްރޮޑްކާސްޓިން ދާއިރާގައި ރާއްޖޭގެ ގިނަ ޓީވީ ޗެނަލްތަކެއްގައި މަސައްކަތް ކޮށްފައިވާއިރު، މިވަގުތު ރާއްޖޭގައި ހިންގާ ގިނަ ޓީވީ ތަކެއް ވުޖޫދުވުމުގައި ޔާމީންގެ ޙިއްސާ ވަރަށް ބޮޑެވެ.
ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދަޢުރުގައި ވެލިދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ ޔާމީނަކީ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ސިޔާސީ އެތައް މަޤާމުތަކެއް ފުރުއްވާފައިވާއިރު، ރިޔާސީ އިންތިހާބުގެ ފަހު ބުރުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ވެރިކަމަށް ގެނައުމަށްވެސް ޔާމީން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ޔާމީން މިހާރު ހުންނެވީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެމްބަރެއްގެ ގޮތުގައެވެ.
ގުޅުން ހުރި ޙަބަރުތައް

އިންޑިއާއިން ދިން ހިމަބިހީގެ 20 ހާސް ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު މާލެ ގެނެސްފި
9 ގަޑިއިރު ކުރިން

ސެޕްޓެމްބަރުން ފެށިގެން ކުދި ޕްލާޓިކް ކޮތަޅު ބޭނުންކުރުން މުޅިން މަނާ!
10 ގަޑިއިރު ކުރިން

ރައީސް ނަޝީދާއެކު މި ވެރިކަން ނިމުމަކަށް ގެނައުމަށް ހުންނާނަން: މީކާއީލް
ދުވަހެއް ކުރިން

ފޭސްބުކް، އަދި އިންޓަރގްރާމް، ޑައުންވެއްޖެ
ދުވަހެއް ކުރިން


.gif&w=3840&q=75)