
ވައިބަރ ހެކްކޮށް، ފައިސާ ހޯދާ މައްސަލަތަކަށް ސަމާލުވޭ!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 16 އޯގަސްޓު 2024 - 17:32
ވައިބަރ ހެކްކޮށް، ގާތް ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތަކަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ވައިބަރ ހެކްކޮށް، ގާތް ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތަކަށް އިތުރުވަމުން އަންނަ ކަމަށެވެ. މަކަރާއިހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވުމަކީ ސަމާލުވާންޖެހޭ ކަމެއްކަން ފާހަގަކޮށް އެ ޚިދުމަތުން ބުނީ، ފޯނަށް އަންނަ ވެރިފިކޭޝަން ކޯޑް ނުވަތަ އޯ.ޓީ.ޕީ އެހެން މީހަކަށް ހިއްސާނުކުރުމަށް އެދޭ ކަމަށެވެ.
ފައިސާ ފޮނުވުމުގެ ކުރިން ކާކުކަން ޔަގީން ކުރެއްވުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރުމަށް ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ޝައްކުވާ ޒާތުގެ ކަމެއް ފާހަގަވެއްޖެ ނަމަ ލަސްނުކޮށް ފުލުހުންގެ ޚިދުމަތަށް ރިޕޯޓުކުރުމަށްވެސް ވަނީ އެދިފައެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ މަކަރާ ހީލަތުގެ ތިނެއް ނުވަތަ ހަތަރު މައްސަލަ ހަފްތާއެއްގެ ތެރޭ ފުލުހުންނަށް ހުށަހެޅުންދާ ކަމަށެވެ.
އެފަދަ މައްސަލަތަކަށް ބަލާލާއިރު ހަދިޔާ ފޮނުވުމަށާއި ކާރުފަދަ އުޅަނދުގަތުމަށާއި ވިޔާފަރިއެއް ފެށުމަށް ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަމުންދާކަން ފާހަގަކުރެވިފަވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުންޏެވެ. އެ ޚިދުމަތުން ބުނީ އެފަދަ ފަރާތްތަކާއި މުއާމަލާތްކޮށް ފައިސާ ދޭ ފަރާތުން ވިސްނާނުލުމުގެ ސަބަބުން ތަކުރާރުކޮށް ވެސް އެއްބަޔެއްގެ އަތުން ފައިސާ ހޯދާކަން ފުލުހުންނަށް ހުށަހަޅާ އެފަދަ މައްސަލަތަކުން ފާހަގަކުރެވޭ ކަމަށެވެ.
މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލަތައް ފުލުހުންނަށް ހުށަހެޅުން އިތުރުވެފައިވާއިރު، އެފަދަ އަމަލު ހިންގަނީ ކޮންބައެއްކަން ނޭނގުމުގެ ސަބަބުން މައްސަލަތައް ތަހުގީގު ކުރުމުގައި ބޮޑެތި ދަތިތަކެއް ދިމާވާ ކަމަށް ވެސް ފުލުހުންގެ ޚިދުމަތުން ބުންޏެވެ.
އެފަދަ މައްސަލަތަކީ ރައްޔިތުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ މިހާރަށްވުރެ ހަރުދަނާކޮށް ސަމާލުވެއްޖެނަމަ ވަގުތުން ހައްލުކުރެވިދާނެ މައްސަލައެއް ކަމަށްވެސް ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

އަންނަ އަހަރުގެ ނިޔަލަށް އެސްޓީއޯގެ ސާފު ފައިދާ 1 ބިލިޔަން ރުފިޔާއަށް އިތުރުވާނެ: އެސްޓީއޯ
ގަޑިއިރެއް ކުރިން

މޯލްޑިވިއަން މެދުވެރިކޮށް އޮސްޓްރޭލިއާއަށް ފަށާ ދަތުރުތަކާއެކު އެޤައުމުން 11،000 ފަތުރުވެރިން ގެނެވޭނެ: މޯލްޑިވިއަން
2 ގަޑިއިރު ކުރިން

އަޟްޙާ އީދު ބަންދާއި ގުޅިގެން ބޭންކުތައް ހުޅުވާނީ 28 ވަނަ ދުވަހު: އެމް.އެމް.އޭ
12 ގަޑިއިރު ކުރިން

ސީޝެލްސްގެ ފޮރިން މިނިސްޓަރު ދަތުރު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި
12 ގަޑިއިރު ކުރިން


.gif&w=3840&q=75)