
ކ. ގާފަރުގެ މަލަމަތި (ގަސްކަރަ) ކަނޑުމަތިން ފެންނަ ގޮތް -- 19 އޮކްޓޫބަރު 2024 -- ޒިދާން މުޙައްމަދު/ އަސްލު ޓީވީ
މޫސުން ރަނގަޅުވެ، ކަނޑުތައް މަޑުވެއްޖެ
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 19 އޮކްޓޯބަރު 2024 - 07:28
ހުޅަނގުމޫސުމުގެ ބާރު ދަށްވެ، ރާއްޖެ ސަރަހައްދަށް މޫސުން މިހާރު ރަނގަޅު ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރުވެސް ވިއްސާރަކުރާނެ ކަމަށް ނުބެލެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ލަފާކުރަނީ ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށްވެސް މޫސުން އަލިވާނެ ކަމަށެވެ. ނަމަވެސް، މަދުމަދުން ކެރީގެ އަސަރުކޮށްފާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ދެކުނުގެ ސަރަހައްދަށް ފިޔަވައި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށް ބުނެއެވެ. ދެކުނުގެ ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
ވިއްސާރަ ދުވަސްވަރަކަށް ފަހު މޫސުން ރަނގަޅުވާން ފެށި ނަމަވެސް މެޓް އޮފީހުން ވަނީ ބައެއް ރަށްތަކަށް އުދަ އަރާފާނެތީ ސަމާލުވުމަށް އެދިފައެވެ.
މެޓް އޮފީހުން ބުނީ ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެހެން ހިސާބުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ބާޒާރުގައި ތެލުގެ އަގު ދަށެއް ނުވޭ: ވަޒީރު މޫސާ ޒަމީރު
2 ގަޑިއިރު ކުރިން

މާރިޗް މަހު މީރާގެ ޖުމްލަ އާމްދަނީގެ %78.51 ޑޮލަރުން
2 ގަޑިއިރު ކުރިން

ޕީއެންސީގެ ޒިންމާއަކީ ރައްޔިތުންނަށް ފުރިހަމަ ވެރިކަމެއް ކޮށްދިނުން: ސައީދު
3 ގަޑިއިރު ކުރިން

ދާއިރާގެ ރައްޔިތުންނާއި ގުޅިގެން ތަރައްގީ ގެނެސްދޭނެ ކަމުގެ ޔަގީންކަން އަރުވަން: ސައީދު
3 ގަޑިއިރު ކުރިން


.gif&w=3840&q=75)