
ހިޔާ ފްލެޓް
ބިން ދޫކޮށްލާނަމަ ފްލެޓް ހިލޭ ލިބޭނެ!

އަހުމަދު ޒަލީފު - 24 ސެޕްޓެމްބަރު 2023 - 13:36
ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ލިބިފައިވާ އެ މީހެއްގެ ނަންމަތީގައި އޮންނަ ބިން ދައުލަތަށް ދޫކޮށްލާނަމަ ފްލެޓް ހިލޭ ލިބޭނެގޮތަށް ހަމަޖައްސައިފިއެވެ.
އެގޮތަށް ހަމަޖައްސާފައިވަނީ ޕްލޭނިން މިނިސްޓްރީން އިއްޔެ އާންމުކުރި އުސޫލުގައެވެ.
ބިމުގެ ބޮޑުމިން 400 އަކަފޫޓަށް ވުރެ ކުޑަ ނަމަ އެ ބިމުގެ އަގު ފްލެޓް އަގުން އުނި ކުރެވޭނެ ކަމަށް އުސޫލުގައި ވެއެވެ. އެ ހާލަތުގައި ބިން އަގުކުރާނީ އަކަފޫޓަކަށް 3،500 ރޭޓުން ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައި ވެެއެވެ.
ސަރުކާރުން އަޅާ 4000 ފްލެޓް އެއްކޮށް ނިމޭނެ ކަމަށް ލަފާކުރެވެނީ 2025 ވަނަ އަހަރަށެވެ. މި މަޝްރޫއު ބަހާލެވިފައިވަނީ 2 ޕްރޮޖެކްޓަކަށެވެ. އެ 2 ޕްރޮޖެކްޓާއި ހަވާލުވެފައިވަނީ އިންޑިއާގެ ދެ ކުންފުނި ކަމުގައިވާ ޖޭއެމްސީ އާއި އެންބީސީސީއެވެ. މި ދެ ކުންފުނިން 16 ޓަވަރުގެ މަސައްކަތް ކުރަމުންދާނެއެވެ.
ދެ ކުންފުނީގެ މަސައްކަތުގެ ތަރައްގީއަށް ބަލާއިރުގައި، ޖޭއެމްސީގެ ޓަވަރުތަކުގެ 35 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، އެންބީސީސީގެ މަސައްކަތުގެ 31 އިންސައްތަ ވަނީ ނިންމިފައިއެވެ. ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި 4،000 ހައުސިން ޔުނިޓް އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއި އިންޑިއާގެ ބޮޑު ދެ ކުންފުންޏަކާ ދެމެދު އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން ލޯން އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 23 ގައެވެ.
ގުޅުން ހުރި ޙަބަރުތައް

ވީއައިއޭގެ ޓާމިނަލް 1 އިން ސިންގަޕޯ އެއާލައިންސް އަށް ހިދުމަތް ދޭން ފަށައިފި
2 ގަޑިއިރު ކުރިން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕްތައް ނައްތާލައިފި
3 ގަޑިއިރު ކުރިން

މީހެއްގެ ވައިބަރ ހެކްކޮށް، 150،000ރ އަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި
3 ގަޑިއިރު ކުރިން

" ދަތުރުވެރިޔާ" އަސްލުޓީވީ ގުރުއާން މުބާރާތަށް ހުޅުވާލައިފި
4 ގަޑިއިރު ކުރިން


