
މަނަދޫ ދާއިރާގެ މެމްބަރު ހާރޫން
"މާފަރު ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓުވީ އެމްޑީޕީ ސަރުކާރުން"، މިނިސްޓަރުގެ ޖަވާބާއެކު މެމްބަރު ހޫނު ފެނަށް!

އަހުމަދު ޒަލީފު - 26 މާރިޗު 2024 - 09:49
ނ.މާފަރު ހެލްތް ސެންޓަރުގެ އާ އިމާރާތުގެ މަސައްކަތް ބޭރުގެ ކުންފުންޏަކާ މިދިޔަ ސަރުކާރުން ހަވާލުކޮށްފައިވީ ނަމަވެސް އެ މަސައްކަތް ހުއްޓާލަން އެންގީ އެމްޑީޕީ ސަރުކާރުގައި އޭރު އޮތް ފިނޭންސް މިނިސްޓްރީންކަން ހާމަވެއްޖެއެވެ.
މަނަދޫ ދާއިރާގެ މެމްބަރު އަޙުމަދު ހާރޫނު (ބަގޭ) ހެލްތް މިނިސްޓަރ ޚަލީލް އާ މިއަދު ކުރި ސުވާލެއްގެ ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، އެމްޑީޕީ އެ ޕްރޮޖެކްޓް ހުއްޓުވާފައި އޮތީ ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓްރީއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ކަމަށެވެ.

ހެލްތް މިނިސްޓަރ ޚަލީލް
ނ.މާފަރު ހެލްތް ސެންޓަރުގެ އާ އިމާރާތް އެ ވިދާޅުވިހެން ބޭރު ބަޔަކާ ހަވާލުކުރެވިފައިވޭ. ނަމަވެސް މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހެޅިފައި ހުރި ބައެއް ޝަކުވާތަކާ ގުޅިގެން އެ ޕްރޮޖެކްޓް ވަނީ މަޑުޖެހިފައި މި ވަގުތަށް. 26 އޮކްޓޯބަރ 2023 ން ފެށިގެން އެ ޕްރޮޖެކްޓްގައި ކުރަމުން ދިޔަ ހުރިހާ މަސައްކަތްތަކެއް ހުއްޓާލުމަށް އޭރު އަންގަވާފައި އޮތީ. އެހެންވީމަ އަދި ވަކި ގޮތަކަށް އަންގާފައިނުވާތީ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ނުދަނީ. އަޅުގަނޑު މަސައްކަތް ކުރާނަން އެ ޕްރޮޖެކްޓްވެސް ހުއްޓާނުލާ ކުރިއަށް ގެންދެވޭނެ މަގެއް އޮތްތޯޯ ބެލުމަށް - މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުން
މާފަރު ހެލްތް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތުގައި ސޮއި ކުރީ 7 ސެޕްޓެމްބަރ 2023 ގައެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮތީ އޭގެ ދެ ދުވަސް ފަހުން 9 ސެޕްޓެމްބަރ 2023 ގައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މާފަރު ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ގޮތުން ކަމަށާއި، މިއީނ އިންތިހާބުގެ ވޯޓަށް ނުފޫޒު ފޯރުވުމަށް ކުރީގެ ރައީސް އިބްރާޙިމް އަންގައިގެން ކޮށްފައިވާ ކަމެއްކަމަށް ރަށުގެ ރައްޔިތުން ދެކެއެވެ.
ގުޅުން ހުރި ޙަބަރުތައް

ވެމްކޯ ސައިޓެއްގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހަކު ވެންޓިލޭޓަރުގައި
20 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ވޯޓުގެ ސިއްރުކަން ގެއްލިދާނެ ފަދަ ފަރާތްތަކާއި މީހުން ހަމަނުވާ ފޮށިތަކަށް ރަޖިސްޓްރީވާން ހުޅުވާލައިފި
20 ގަޑިއިރު ކުރިން

ބޭރުގެ ޑިޕްލޮމެޓުންނަށް ރައީސްގެ ރޯދަ ވީއްލުމެއް
20 ގަޑިއިރު ކުރިން

ރާއްޖެއިން ނޭޕާލަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުއްވައިފި
20 ގަޑިއިރު ކުރިން


.gif&w=3840&q=75)