
ޗައިނާ އާ ރާއްޖޭގެ ގުޅުން ވަނީ ރަނގަޅު ކުރުމަށް މަޝްވަރާ ކުރެވިފައި
ޗައިނާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ

އަހުމަދު ޒަލީފު - 08 ޑިސެމްބަރު 2023 - 09:27
ފަތުރުވެރިން އިތުރު ކުރުމަށް ޗައިނާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރާނެ ކަމުގެ ޔަގީންކަން ޗައިނާއިން ދެއްވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ، މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސައީދު މިފަދައިން ވިދާޅުވެފައިވަނީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ބައިވެރިވެވަޑައިގަތުމަށް، ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފް އާއި އެކީ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޗައިނާ ސަރުކާރުގެ އިސް އޮފިޝަލުންނާއި އެކީ ބޭއްވި ބައްދަލުވުމަށްފަހު ކުރެއްވި ޓުވިޓެއްގައެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައ ިވިޔަފާރިއާއި ފަތުރުވެރިން އިތުރުކުރުމުގައި އިތުރު ފްލައިޓްތައް، އިންވެސްޓްމެންޓާއި ތަރައްޤީގެ އިތުރު މަޝްރޫޢުތައް ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ޗައިނާ ސަރުކާރުން ދެއްވާފައިވާ ކަމަށެވެ.
"ނަތީޖާއަށް ހެޔޮބަދަލެއް އައްނާނެ އުއްމީދީ ދުވަސްތަކެއް އިންޝާٱللَّٰه" މިނިސްޓަރ ވިދާޅުވިއެވެ.
ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޗައިނާއާއި މާ ބޮޑު ގުޅުމެއް ނުބޭއްވި ނަމަވެސް، ޗައިނާ އަކީ ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ރާއްޖެއާއި ގާތްގުޅުމެއް ބާއްވާފައިވާ، އަދި އެ ސަރުކާރުގައި ހިންގި އެންމެ ބޮޑު ޕްރޮޖެކްޓް ކަމުގައިވާ މާލެ-ހުޅުލެ-ހުޅުމާލޭ ގުޅުވާލި ބްރިޖުގެ މަޝްރޫއުގެ ވެސް ނިންމާލާފައިވަނީ ޗައިނާގެ އެހީގައެވެ.
ގުޅުން ހުރި ޙަބަރުތައް

އިންޑިއާ-ރާއްޖެ މިނިވަން ވިޔަފަރީގެ އެއްބަސްވުމުގައި ސޮއިކޮށްފި
13 ގަޑިއިރު ކުރިން

ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާ ނިމެނީ: އެމްޓީސީސީ
13 ގަޑިއިރު ކުރިން

ހުޅުމާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
13 ގަޑިއިރު ކުރިން

ރެފަރެންޑަމް ވޯޓާއި ގުޅިގެން ސަރުކާރުން އަމަލުކުރަމުންދިޔައީ ގާނޫނާއި އެއްގޮތަށް: އޭޖީ އޮފީސް
15 ގަޑިއިރު ކުރިން


.gif&w=3840&q=75)