
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް
ގެއްލުމުގެ ބަދަލުގެ ގޮތުގައި 113 މިލިއަން ރުފިޔާ ދީފި

އަހުމަދު ޒަލީފު - 11 މޭ 2024 - 07:00
މި އަހަރުގެ މިހާތަނަށް ސަރުކާރުން ބަދަލުގެ ގޮތުގައި 113 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އާންމުކޮށްފައިވާ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ސަރުކާރުން ވަނީ ބަދަލުގެ ގޮތުގައި 113 މިލިއަން ރުފިޔާ ދޫކޮށްފައެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ބަދަލުގެ ގޮތުގައި ދޫކޮށްފައިވަނީ 100 މިލިއަން ރުފިޔާއެވެ.
އެ ފައިސާ ދޫކޮށްފައިވަނީ ކޮން ފަރާތްތަކަށް ކަމެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި ބަދަލުގެ ގޮތުގައި ދިނުމަށް މި އަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވަނީ 101 މިލިއަން ރުފިޔާއެވެ. އެ ރުފިޔާއަކީ އާބިޓްރޭޝަނަކަށް ދައްކަން ޖެހޭ ފައިސާ ކަމަށް ފިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.
މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން މި އަހަރު ބަދަލުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފެންނަ އަދަދަކީ އިންޓަރނޭޝަނަލް އާބިޓްރޭޝަންއަކާ ގުޅިގެން އެ "ޓްރާންސެކްޝަން" ޕަބްލިކް އެކައުންޓިންގ ސިސްޓަމްއަށް ޕޯސްޓްކުރުމުން ރިޕޯޓު ކުރެވިފައިވާ އަދަދެއް ކަމަށެވެ. އަދި 17 ނޮވެމްބަރު 2023 ގައި، މި ސަރުކާރު ހަވާލުވިއިރު، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމަށް ނިންމާފައިވާ ނިންމުންތަކުގެ އިތުރުން އިންޓަރނޭޝަނަލް އާބިޓްރޝަނުން ދައުލަތާ ދެކޮޅަށް ނިންމާފައިވާ މައްސަލަތަކާ ގުޅިގެން ބައެއް ފަރާތްތަކަށް ފައިސާ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްގެ 'އެޑްވާންސް މާޗަންޓް ސެޓްލްމަންޓް' ޚިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނެސްފި
13 ގަޑިއިރު ކުރިން

ސިވިލް ސާވިސް މުވައްޒަފުން ގަޑި ނުޖެހޭ ގޮތަށް 30 މިނެޓު ދީފި
21 ގަޑިއިރު ކުރިން

ފުލުހުންގެ ތަމްރީނު މަންހަޖު ޒަމާނީކޮށް، ބަދަލުތައް 43 ވަނަ ކޯހުން ފެށިގެން ތަންފީޒުކުރަނީ
21 ގަޑިއިރު ކުރިން

މާފުށީގައި މާރަނގަ މާކެޓުގެ ޖުލައި މަހުގެ އެޑިޝަން ފަށައިފި
ދުވަހެއް ކުރިން


.gif&w=3840&q=75)