
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާންގެ ނަމުގައި ވަގު ވައިބަރ އެކައުންޓެއް

އައިޝަތު އިނާޝާ - 18 އޯގަސްޓު 2024 - 16:23
އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާންގެ ނަމުގައި ވަގު ވައިބާ އެކައުންޓެއް ހިންގާ މައްސަލަ ފެންމަތިވެއްޖެއެވެ.
ޝިފާން މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އޭނާގެ ނަމުގައި ހިންގަމުންދާ ވައިބާ އެކައުންޓުގެ ސްކްރީންޝޮޓެއް ޕޯސްޓު ކުރައްވާފައެވެ. އަދި ރައްޔިތުން އެކަމަށް ސަމާލުވުމަށާއި އެއްވެސް މުއާމަލާތެއް ހިންގެވުމުގެ ކުރިން ނަމްބަރު ޔަގީން ކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
ސަމާލު! މިއީ އަޅުގަނޑެއް ނޫން. އެއްވެސް މުޢާމަލާތެއް ހިންގެވުމުގެ ކުރިން ނަމްބަރ ޔަޤީންކުރެއްވުން އެދެން.

GVQ4FjRbQAAtrdk.jpeg
ތިމާ އަކީ ކާކު ކަން ނޭނގޭ ގޮތައް ވަގު އެކައންޓުތައް ހަދައިގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ބޭނުންކުރާ މީހުން މަދެއްނޫނެވެ. މިފަދަ ފޭކް އެކައުންޓުތަކުން އަނެކުންނަށް އޮޅުވާލައި ލަނޑުދީ ސްކޭމް ހިންގުމާއި، މީހުންނަށް އޮޅުވާލައިގެން ފައިސާ ފޭރުން ފަދަ ކަންކަން މިހާރު ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެ ސިޓީ ކައުންސިލުން އަލިފާނުގެ ހާދިސާ ހިނގި ތިން ތަނެއް ސާފުކުރަން ފަށައިފި
10 ގަޑިއިރު ކުރިން

މާލީ ދާއިރާ ތަރައްގީކުރަން އިންޑިއާއިން ދަނީ ރާއްޖެއަށް އެހީތެރިވަމުން: އިންޑިއާ ސަފީރު
13 ގަޑިއިރު ކުރިން

މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ މަޝްރޫއެއް މާލޭ ސިޓީ ކައުންސިލުން ކުރިޔަށް ގެންދަނީ
13 ގަޑިއިރު ކުރިން

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ
13 ގަޑިއިރު ކުރިން


.gif&w=3840&q=75)