
މީޑިއާ ކޮންޓްރޯލްކުރުމަކީ ރައީސްގެ ސިޔާސަތަކަށް ނުވާތީ މެމްބަރު ހަންނާން ބިލް ނަގަނީ
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 19 ނޮވެމްބަރު 2024 - 07:16
ސަރުކާރަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް މެޖޯރިޓީ ޕާޓީ އަދި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ތާއިދު ނުލިބޭނެތީ، އެބިލް އަނބުރާ ގެންދަން ހުށަހަޅުއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު މިއަދު ވިދާޅުވެއްޖެއެވެ.
މެމްބަރު ހަންނާން ވިދާޅުވެފައިވަނީ، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލް އަނބުރާ ނަގަން މަޖިލިހުގައި އެދިވަޑައިގަތީ އެއީ ސަރުކާރުގެ ސިޔާސަތު ނޫންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ ކަމަށެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓް ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ހިމެނެނީ ޤަބޫލުކުރައްވާ ސިޔާސަތުތަކެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރަށް އަހަރެއް ފުރުމާގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން، މިހާރު އޮތް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އައު މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަނެއް ހެދުމަށް ވަނީ ހުށަހަޅާފައެވެ.
އަލަށް އުފެދިގެންދާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި 7 މެންބަރުން ތިއްބަވާނެއެވެ. އޭގެތެރެއިން 4 މެންބަރުން މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެމްބަރުން ކަމަށް ބިލުގައި ވެއެވެ. އަދި މީޑިއާއިން 3 މެންބަރަކު އިންތިޚާބު ކުރާ ގޮތަށްވެސް ބުނެފައި ވެއެވެ.
އަދި މިއާއެކު މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި ހިމަނާފައިވެއެވެ.
މިއާއެކު މި ބިލަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފައެވެ. އެގޮތުން ނޫސްވެރިން ތަމްސީލް ޖަމިއްޔާތަކުން ބިލަކީ މީޑިއާތައް ކޮންޓްރޯލް ކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ބުނެފައެވެ.
މި ބިލާއި ގުޅިގެން ތާފަތު ގިނަ ފާޑުކިއުންތައް އަމާޒުވެފައިވާއިރު، ބަންޑާރަ ނައިބުވެސް ވަނީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

އޭޝިއާ ރީޖަން ލޯ އެންފޯސްމަންޓް މެނޭޖްމަންޓް ޕްރޮގްރާމްގައި ދިވެހި ދެ ފުލުހުން!
39 މިނިޓު ކުރިން

އިންޑިއާއިން ދިން ހިމަބިހީގެ 20 ހާސް ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު މާލެ ގެނެސްފި
17 ގަޑިއިރު ކުރިން

ސެޕްޓެމްބަރުން ފެށިގެން ކުދި ޕްލާޓިކް ކޮތަޅު ބޭނުންކުރުން މުޅިން މަނާ!
17 ގަޑިއިރު ކުރިން

ރައީސް ނަޝީދާއެކު މި ވެރިކަން ނިމުމަކަށް ގެނައުމަށް ހުންނާނަން: މީކާއީލް
ދުވަހެއް ކުރިން


.gif&w=3840&q=75)