
ބާބު ޕްރޮގްރާމްގެ ތެރެއިން - ފޮޓޯ: އަސްލު ޓީވީ
މި އަހަރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓް މެނޭޖް ކުރުން: މެމްބަރު ފަޒާދު

މަރްޔަމް ލީމް އަބޫބަކުރު - 03 ޑިސެމްބަރު 2024 - 18:31
މި އަހަރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ ބަޖެޓް މެނޭޖް ކުރުން ކަމުގައި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ވިދާޅުވެއްޖެއެވެ.
މެމްބަރު ފަޒާދު މިފަދައިން ވިދާޅުވީ ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކާ ގުޅޭގޮތުން "އަސްލު ޓީވީ" ބާބު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މެމްބަރު އަލީ ފަޒާދު ވިދާޅުވީ، މިވީ އެއް އަހަރުދުވަހުގެ ތެރޭގައި ސަރުކާރަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ދިވެހި ދައުލަތުގެ ބަޖެޓު މެނޭޖްކުރުން ކަމަށާއި، ކުރީގެ ސަރުކާރުން ބަޖެޓްގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އެއްވެސްކަހަލަ ބެލުމެއްނެތި، ފައިނޭންޝަލް އެްވެސް ޑިސިޕްލިނެއް ނެތި ކަމަށެވެ.
2023 ގެ ރިޔާސީ އިންތިހާބް އައިއިރުވެސް ކޮވިޑް ހާލަތު ނުނިމޭ ކަމަށާއި، މާލިއްޔަތު ގާނޫނާއި ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން ސަސްޕެންޑް ކުރެވިފައި ހުރި މާއްދާތައް ހަމަ އެގޮތުގައި ދަމަހައްޓާފައި ހުރި ކަމަށެވެ. މެމްބަރު ވިދާޅުވީ ބޭނުން ވަރަކަށް ފައިސާ ޗާޕު ކުރަމުންދިޔުމުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދު ބޮޑު އަނދަވަޅެއްގެ ތެރެއަށް ވެއްޓިގެންދިޔުމަކީ މިއަދު ފެންނަން އޮތް ހަގީގަތް ކަމަށެވެ.
އަންނަ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓަކީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭނެ ބަޖެޓެއްކަމަށް ވިދާޅުވެ، ބަޖެޓުގެ 12 ބިލިއަން ރުފިޔާގެ ޚަރަދު އިނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ޕީއެސްއައިޕީ މަޝްރޫއުތަކަކީ ސަރުކާރުން ހިންގާ އެންމެ ބޮޑެތި ޕްރޮޖެކްޓްތައް ކަން ވެސް ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ ބަޖެޓުގެތެރެއިން ރައްޔިތުން ބޭނުންވާ ކަންތައްތައް ވަކި އިންތިޒާމެއްގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން މަގުތައް ހެދުމާއި، ދީނީ ކަންތައްތަކާއި، ސްކޫލްތައް އެޅުމުގެ އިތުރުން ގެދޮރުވެރިކަމުގެ ކަންތައްތައް ރައްޔިތުން ބޭނުންވާ ގޮތަށް ހާސިލް ކޮށްދޭނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
ޑޮލަރު ކާޑުން މުއާމަލާތް ކޮށްގެން 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް!
9 މިނިޓު ކުރިން

މުލީ ހޮސްޕިޓަލު އިމާރާތުގެ ފައުޑޭޝަން މަސައްކަތްތައް ފެށިގެން ކުރިޔަށް!
37 މިނިޓު ކުރިން

ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް، ފަރުމަސްވެރިކަމުގެ މުބާރާތެއް ބާއްވަނީ
38 މިނިޓު ކުރިން

ހުއްދަނެތި ޕޮލިސް ސްޓޭޝަނެއްގެ ގަރާޖަށް ވަތް މީހަކު ހައްޔަރުކޮށްފި
38 މިނިޓު ކުރިން


.gif&w=3840&q=75)