logo
---

---

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭން ދުނިޔޭގެ ކޯޓުން އަމުރުކޮށްފި

profile

އަހުމަދު ޒަލީފު - 26 ޖެނުއަރީ 2024 - 20:44

ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖީ)ން އަމުރުކޮށްފިއެވެ.

https://wamco.com.mv/

އެ ކޯޓުން އިއްޔެ ވިދާޅުވެފައި ވަނީ އިސްރާއީލުން ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދޭންޖެހޭ ކަަމަށެވެ.

ފަނޑިޔާރު ޑޮނޮގޫ ވިދާޅުވީ އިސްރާއީލުން ހިންގި އަސްކަރީ އޮޕަރޭޝަންގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ޝަހީދުވެ، ޒަހަމްވުމުގެ އިތުރުން ގެދޮރު ބޮޑެތި ގެއްލުންތަކެއް ލިބި، އާބާދީގެ ބޮޑު ބައެއް ގެދޮރު ގެއްލި، މަދަނީ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ކޯޓުން ފާހަގަކޮށްފައިވާ ކަމަށެވެ.

އދ.ގެ އިސް އޮފިޝަލް މާޓިން ގްރިފިތުސް ދެއްކެވި ބަޔާނަކާ ހަވާލާދީ އޭނާ އިތުރަށް ވިދާޅުވީ "ޣައްޒާ އަކީ ޝަހީދުވެ މާޔޫސްވެފައިވާ ތަނަކަށް ވެފައި"ވާ ކަމަށެވެ.

އަދި އިސްރާއީލުން ޣައްޒާއަށް މިހާރުން މިހާރަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަސް، ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަަމަށްވެސް އައިސީޖީން ވިދާޅުވެފައި ވެއެވެ.

މި މައްސަލަ ބަލަނީ އެ ކޯޓުގެ 17 ފަނޑިޔާރުންގެ ބެންޗަކުންނެވެ. މިއަދު 16 ފަނޑިޔާރަކު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވައެވެ.

އިސްރާއީލާއި ދެކޮޅަށް ދެކުނު އެފްރިކާ އިން ދުނިޔޭގެ ކޯޓަށް ހުށަހެޅި މައްސަަލައަށް ރާއްޖެއިން ވަނީ ތައިދު ކޮށްފައެވެ.

އައިސީޖޭ އަކީ ގައުމުތަކުގެ މެދުގައި އުފެދޭ ހަމަނުޖެހުންތަކާއި މެދު ހުކުމް ކުރާ އދ ގެ މަދަނީ ކޯޓެވެ. މިއީ ވަކި ވަކި ފަރުދުންނަށް ހަނގުރާމައިިގެ ޖަރީމާގެ މައްސަލަތަކުގައި ޝަރީއަތް ހިންގޭ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓާއި ތަފާތު ކޯޓެކެވެ.

އދ މެމްބަރުންނަށް ވާތީ ދެކުނު އެފްރިކާ އާއި އިސްރާއީލަށްވެސް އައިސީޖޭ ގެ ނިންމުންތަކަށް އިހުތިރާމް ކުރަން ޖެހޭނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk