
ސްޓެލްކޯ
މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

އަހުމަދު ޒަލީފު - 12 ޖޫން 2024 - 07:53
ސްޓެލްކޯއިން ދެމުން އަންނަ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދާތީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނީ މިއަދު ހެނދުނު 10 އަކުން މެންދުރު 12 އަށް އާ ދެމެދުގެ ވަގުތު ތަކުގައި ކަމަށެވެ.
އެގޮތުން މާފަންނު، ހަނދުވަރީ ހިނގުން، މިރިޔާސް މަގު، މުރަނގަ މަގު އަދި އަޅިވިލާ މަގު ހިމެނޭ ސަރަހައްދުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯގެ މަސައްކަތް މާލޭގެ އެކި ސަރަހައްދުތަކުގައި ކުރަމުން އަންނައިރު، ބައެއް ފަހަރު އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެއެވެ. އެހެން ނަމަވެސް މާ ގިނައިރުތަކެއް ނުވަނީސް ކަރަންޓް ފޯރުކޮށްދެއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ސްޓެލްކޯއިން މާފަށް އެދޭއިރު، އެފަދަ ކަމެއް ފެށުމުގެ ކުރިން އެކުފުންފުނިން އަބަދު ވެސް ރައްޔިތުންނަށް އެކަން އަންގައެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްޑީޕީ އަދި މުސަޅު ހެދިގެން އުޅޭކަށް ނުވެ އެވެ!
3 ގަޑިއިރު ކުރިން
ހަނގުރާމައިގައި ބޭނުންކުރަން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދީފައިނުވާނެ: ސަރުކާރު
4 ގަޑިއިރު ކުރިން

ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާނީ ރައްޔިތުންނަށް ބުރަ ނުވާނެހެން: ހާރިޖީ ވަޒިރު
4 ގަޑިއިރު ކުރިން

ބޭންކް އޮފް މޯލްޑިވްސްގެސްޕޯޓްސް ސްކޮލަރޝިޕް ލިބޭ އެތުލީޓު ހޮވައިފި
7 ގަޑިއިރު ކުރިން


.gif&w=3840&q=75)