
—
ކަރަންޓް ބިލަށް އަރާވަރު ވަގުތުން ބެލޭނެ ގޮތް ހަދަނީ

އަހުމަދު ޒަލީފު - 29 އޭޕްރީލު 2024 - 06:43
ކަރަންޓު ބިލަށް އަރާވަރު ކޮންމެ ދުވަހަކު ވެސް ވަގުތުން ބެލޭނެ "ސްމާޓް މީޓާ" ޕްރޮޖެކްޓެއް ފަށާފައިވާ ކަމަށް ފެނަކަ އިން ބުނެފި އެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފެނަކަގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ސްމާޓް މީޓަރު ޕްރޮޖެކްޓް މިހާރު ދ. އަތޮޅުގައި ފަށާފައިވާ ކަމަށެވެ. މި މީޓަރާ އެކީ ކޮންމެ ދުވަހެއްގެ ބިލާއި ބޭނުން ކުރެވޭ ޔުނިޓުގެ އަދަދު ވަގުތުން ބަލާލެވޭނެ އެވެ.
"[މީގެ ސަބަބުން ކަރަންޓް] އިކޮނޮމައިޒް ކުރަން މަގުފަހިވެގެން ދާނެ." މުއާޒް ވިދާޅުވި އެވެ.
ފެނަކަ އިން ބުނި ގޮތުގައި ސްމާޓް މީޓަރުގެ މަޝްރޫއު މިހާރު ދ. ކުޑަހުވަދޫގައި އެއްކޮށް ވަނީ ނިންމާލައިފަ އެވެ. އެހެންވެ އަވަހަށް ވަރަށް އަވަހަށް އެ ރަށުގެ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ބިލަށް އަރާ އަދަދު ބެލޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފެނަކައިގެ އަމާޒަކީ އެ ކުންފުނިން ހިދުމަތްދޭ ހުރިހާ ހިސާބަކަށް މި ނިޒާމު ފުޅާކުރުމެވެ.
ގުޅުން ހުރި ޙަބަރުތައް

އިންތިޚާބީ މެންބަރުން ތިއްބަވާ ޒުވާނުންގެ މަޖިލީހެއް އެކުލަވާލަނީ
11 ގަޑިއިރު ކުރިން

ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ނިންމަވާލައްވައިފި
11 ގަޑިއިރު ކުރިން

ވައިގަދަވެ މާފުށީގައި ޕެރެސެއިލިންގެ ވައިކުޑަ ފަޅައިގެންގޮސް މީހަކު މޫދަށް ވެއްޓިއްޖެ
12 ގަޑިއިރު ކުރިން

71 ފުޅި ބަނގުރަލާއެކު ހައްޔަރުކުރި އިންޑިއާ މީހާގެ ބަންދަށް އިތުރު 15 ދުވަސް
12 ގަޑިއިރު ކުރިން


.gif&w=3840&q=75)