
—
ސިއްރު ވޯޓަކުން ޕީއެންސީން ކެނޑިޑޭޓަކު ހޮވުން މިއަދު ހަވީރު!

އަހުމަދު ޒަލީފު - 03 އޯގަސްޓު 2023 - 06:40
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދެވަނަ ޕާޓީ ކަމަށްވާ ޕީއެންސީ އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ކުރިމަތިލާން ހުޅުވާލައި، އިންތިހާބު މިއަދު ހަވީރު ބާއްވަން ނިންމައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ އެ މައްސަލައިގައި ޖަވާބުދާރީވާން އެ ކޯޓުން ކޮމިޝަނަށް އަންގައިފިއެވެ.
މި މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ޔާމީންގެ ފޯމްގައިވާ މައުލޫމާތާއި ތަކެތި ބަލައި ޗެކް ކުރި އިރު، ގާނޫނުއަސާސީ އާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު އަދި ރިޔާސީ އިންތިހާބުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޔާމީން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުން އިލެކްޝަންސް ކޮމިޝަނަށް ގަބޫލު ކުރެވެން ނެތް ކަމަށެވެ.
ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް (11 އަހަރު ދުވަހުގެ) ހުކުމެއް އައިސްފައިވާ މީހަކަށް ވުމާއެކު، މި ހުކުމް ތަންފީޒުކޮށް ނިމިފައި ނުވާ ކަން ހުށަހަޅާފައިވާ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނަ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
ޕީއެންސީގެ ޓިކެޓް ހޯއްދަވަން މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވާދަކުރައްވާނެ ކަމަށް މައުލޫމާތު ލިބެއެވެ. މުއިއްޒު ހުންނެވީ ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ކަމަށްވާތީ އޭނާ މިއަދު ޕީޕީއެމް އިން ވަކިވެ ޕީއެންސީއަށް ސޮއި ކުރައްވާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ގުޅުން ހުރި ޙަބަރުތައް

ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު 2 މީހުން ހޯދަން ޑްރޯން ބޭނުން ކުރަނީ
9 ގަޑިއިރު ކުރިން

ޢީދު ހަވީރު 1447 ހަރަކާތުގައި އެމްއެންޑީއެފްގެ ސްޓޯލްތަކަށް ބޮޑު ތަރުހީބެއް
9 ގަޑިއިރު ކުރިން

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އީދު ސައި ބީއެމްއެލް އިން ބާއްވައިފި
17 ގަޑިއިރު ކުރިން

ޢީދަށްފަހު، ހޯމަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނެ
17 ގަޑިއިރު ކުރިން


.gif&w=3840&q=75)