logo

ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި

profile

މުހައްމަދު ހަފީޒް - 24 ނޮވެމްބަރު 2024 - 06:22

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވި ޕާޓީ ބަދަލުކޮށްފިނަމަ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

https://wamco.com.mv/

މި މައްސަލައް ސުޕްރިމް ކޯޓަށް ހުށަހެޅީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެގައި އަލީ ހުސައިން ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފަށް ކަމަށް ބުނެ އެ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި މެންބަރަކު ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ މެންބަރުކަން ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ހުށައެޅި އިޞްލާހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދުއެވެ.

އެ ބިލް މަޖިލީހުން ބަލައިގަތުމަށް ފެންނަ ގޮތަކާއި މެދު ވޯޓަށް އަހާފައިވެއެވެ. ފެންނަ ކަމަށް 69 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަަމަށް 12 މެންބަރަކު ވޯޓު ދެއްވާފައިވެއެވެ. އަދި އެއަށްފަހުގައި އެ ބިލް މަޖިލީހުން ބަލައިގަތުމަށް ފެންނަ ގޮތަކާއި މެދު ވޯޓަށް އަހާފައިވެއެވެ. ފެންނަ ކަމަށް 69 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަަމަށް 12 މެންބަރަކު ވޯޓު ދެއްވާފައިވެއެވެ.

މި އިސްލާޙު ގެނައުމުގެ ބިލު ދިރާސާކުރި މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ 75 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.

މި ބިލު ކޮމިޓީން ފާސްކުރި ގޮތަށް މަޖިލީހުގެ ތަޅުމުން ފާސްކުރީ 78 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk