logo
ކްރިމިނަލް ކޯޓް----ފޮޓޯ:އެޑިޝަން.އެމްވީ

ކްރިމިނަލް ކޯޓް----ފޮޓޯ:އެޑިޝަން.އެމްވީ

ކްރިމިނަލް ކޯޓުން މި މަހު އެއްކޮށް ރިސެސްއަށް ނުދިއުމަށް ނިންމައިފި

profile

އައިމިނަތު ރޫޔާ - 02 ޑިސެމްބަރު 2024 - 05:51

ކޯޓުން އެންމެ ބޭނުންވާ މިންވަރަށް އަޑުއެހުންތައް ތާވަލުކުރުމަށް ގޮންޖެހުންތަކެއް ހުރުމުން، ޑިސެމްބަރު މަހު އެއްކޮށް ރިސެސްއަށް ނުދިއުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

https://wamco.com.mv/

ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 15 އިން 31 ގެ ނިޔަލަށް ކްރިމިނަލް ކޯޓު ރިސެސްއަށް ދިއުމަށް، ކްރިމިނަލް ކޯޓުގެ ގާޟީންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ކޯޓުން ބުނީ އެ ނިންމުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ރިއާއަތްކޮށް ކަމަށެވެ.

ކްރިމިނަލް ކޯޓުން ބުނީ ކޯޓުގެ އިމާރާތަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން އަދިވެސް ހައްލުވެފައިނުވާތީ، މިވަގުތުވެސް ކޯޓުން މަސައްކަތްކުރަނީ ޝަރީޢަތްކުރާ މާލަންތައް އެކި ގާޒީންނަށް އެކި ދުވަސްތަކަށް ބަހާލައިގެން ކަމުގައިވާތީ، ކޯޓުން އެންމެ ބޭނުންވާ މިންވަރަށް އަޑުއެހުންތައް ތާވަލުކުރުމަށް ގޮންޖެހުންތަކެއް ހުރުމުން، މި މަހު އެއްކޮށް ރިސެސްއަށް ނުދާނެ ކަމަށެވެ.

ނަމަވެސް، ހުޅުމާލޭގައި ހުންނަ ކުރިން ކޮވިޑް ފެސިލިޓީގެ ގޮތުގައި ބޭނުންކުރަމުންގެންދިޔަ އިމާރާތަށް ކޯޓުގެ މަސައްކަތްތައް ބަދަލުކުރެވިއްޖެނަމަ، ޖާގައިގެ ދަތިކަމަށް ހައްލުލިބި މައްސަލަތައް އަވަސްވާނެކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

ނޮވެމްބަރުގެ ނިޔަލަށް ކޯޓުން ކުރެވިފައިވާ މަސައްކަތްކަކަށް ބަލާއިރު:

  1. 7958 ޤަޟިއްޔާގެ އަޑުއެހުން ތާވަލު ކުރި
  2. 515 ގަޟިއްޔާ ކޯޓުން ނިންމި
  3. 2615 މީހުންގެ ބަންދާ މެދު ގޮތެއް ނިންމި
  4. 1024 ތަފާތު އެކި ކޯޓު އަމުރު ދޫކުރި

ކޯޓު ރިސެސް މުއްދަތުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް:

  1. ކޯޓުގެ އިމާރާތް ބަދަލުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ތަރުތީބުކުރުން.
  2. ބަންދާމެދު ގޮތެއް ނިންމުމުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުން.
  3. ތަފާތު އެކި ކޯޓު އަމުރު ދޫކުރުމުގެ މަސައްކަތްތައް.
  4. ހޭބިއަސް ކޯޕަސް އަމުރުތަކާއި މުދާ ދޫކުރުމުގެ މަސައްކަތްތައް
  5. ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަތަކާއި ގާނޫނުގައި ނުވަތަ ގަވާއިދުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ކަންކަން ކުރިއަށް ގެންދިއުން
  6. އިމާރާތުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ދެ އިމާރާތެއްގައި ކޯޓުން މަސައްކަތް ކުރަންޖެހިފައިވާތީ، އިދާރީ ގޮތުން ދިމާވާ ދަތިތައް ހައްލުކޮށް ހަރުދަނާކުރުމަށްޓަކައި މަސައްކަތްތައް އިންތިޒާމުކުރުމާއި މިކަމާއި ގުޅިގެން އިދާރީ އެސް. އޯ.ޕީ ތަކާއި، މުވައްޒަފުންނާއި ގުޅުންހުރި އުސޫލުތައް ތައްޔާރުކުރުމާއި، އަންނަ އަހަރަށް ތައްޔާރުވުމުގެ ގޮތުން އިދާރީ ގޮތުން ކުރަން ހުރި މަސައްކަތްތައް ކުރުން.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk