
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް
ގެއްލުމުގެ ބަދަލުގެ ގޮތުގައި 81.8 މިލިއަން ރުފިޔާ

އަހުމަދު ޒަލީފު - 08 އޭޕްރީލު 2024 - 15:53
މި އަހަރުގެ މިހާތަނަށް ސަރުކާރުން ބަދަލުގެ ގޮތުގައި 81.8 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު އާންމުކޮށްފައިވާ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ސަރުކާރުން ވަނީ ބަދަލުގެ ގޮތުގައި 81.8 މިލިއަން ރުފިޔާ ދޫކޮށްފައެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ބަދަލުގެ ގޮތުގައި ދޫކޮށްފައިވަނީ 97.6 މިލިއަން ރުފިޔާއެވެ.
އެ ފައިސާ ދޫކޮށްފައިވަނީ ކޮން ފަރާތްތަކަށް ކަމެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި ބަދަލުގެ ގޮތުގައި ދިނުމަށް މި އަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވަނީ 101 މިލިއަން ރުފިޔާއެވެ. އެ ރުފިޔާއަކީ އާބިޓްރޭޝަނަކަށް ދައްކަން ޖެހޭ ފައިސާ ކަމަށް ފިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.
މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން މި އަހަރު ބަދަލުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފެންނަ އަދަދަކީ އިންޓަރނޭޝަނަލް އާބިޓްރޭޝަންއަކާ ގުޅިގެން އެ "ޓްރާންސެކްޝަން" ޕަބްލިކް އެކައުންޓިންގ ސިސްޓަމްއަށް ޕޯސްޓްކުރުމުން ރިޕޯޓު ކުރެވިފައިވާ އަދަދެއް ކަމަށާއި 17 ނޮވެމްބަރު 2023 ގައި، މި ސަރުކާރު ހަވާލުވިއިރު، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމަށް ނިންމާފައިވާ ނިންމުންތަކުގެ އިތުރުން އިންޓަރނޭޝަނަލް އާބިޓްރޝަނުން ދައުލަތާ ދެކޮޅަށް ނިންމާފައިވާ މައްސަލަތަކާ ގުޅިގެން ބައެއް ފަރާތްތަކަށް ވަނީ ފައިސާ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްގެ 'އެޑްވާންސް މާޗަންޓް ސެޓްލްމަންޓް' ޚިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނެސްފި
12 ގަޑިއިރު ކުރިން

ސިވިލް ސާވިސް މުވައްޒަފުން ގަޑި ނުޖެހޭ ގޮތަށް 30 މިނެޓު ދީފި
21 ގަޑިއިރު ކުރިން

ފުލުހުންގެ ތަމްރީނު މަންހަޖު ޒަމާނީކޮށް، ބަދަލުތައް 43 ވަނަ ކޯހުން ފެށިގެން ތަންފީޒުކުރަނީ
21 ގަޑިއިރު ކުރިން

މާފުށީގައި މާރަނގަ މާކެޓުގެ ޖުލައި މަހުގެ އެޑިޝަން ފަށައިފި
21 ގަޑިއިރު ކުރިން


.gif&w=3840&q=75)