
އަސްލު ޓީވީގެ ހާއްސަ ޕްރޮގްރާމް "ގައުމު ބިނާކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތު"
ހަރުދަނާ ރަނގަޅު ޖީލެއް ބިނާކުރުމަށް 5 އަހަރަކީ ކުރު މުއްދަތެއް: ވަޒީރު އާދަމް ޝަރީފް އުމަރު

އައިޝަތު އިނާޝާ - 29 ޖުލައި 2024 - 06:36
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ޒައާމަތުގައި 5 އަހަރު ނިމިގެންދާއިރު، ތައުލީމު ލިބިފައިތިބި ވަރުގަދަ ހަރުނާ ޒުވާން ޖީލެއް އޮންނާނެ ކަމަށާއި ނަމަވެސް އިންސާނުން ބިނާ ކުރުމުގައި 5 އަހަރަކީ ކުރު މުއްދަތެއް ކަމަށް ސިޓީ ތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އަސްލު ޓީވީގެ ހާއްސަ ޕްރޮގްރާމް "ގައުމު ބިނާކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖެ ކުރިއަރައިގެންދާއިރު އެންމެ ބޮޑަށް ސަމާލުކަން ދޭއްވީ އެއްކަމަކީ ހަރުދަނާ ރަނގަޅު ޖީލެއް ބިނާ ކުރުން ކަމަށެވެ.
ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ގައުމީ މަންހަޖު މިހާރު ކަނޑައެޅިފައި އޮތް ގޮތުން އެ މަންހަޖު ފުރިހަމަ ކުރުމަށް ރަނގަޅު ޓީޗަރުންތަކެއް ބޭނުންވާކަމަށެވެ.
ހަމަ އެކަނި މުދައްރިސުން އެކަނިނުން. އެމަނިކުފާނުގެ ޒައާމަތުގައި ސްކޮލަޝިޕްތަކަށް އެދި ހުށަހެޅި ހުރިހާ ކުދިންނަށް އެ ފުރުސަތު ފަހުކޮށްދެއްވީ، މީގެ މާނައަކީ ރައީސް މުއިއްޒުގެ ޒައާމަތުގައި 5 އަހަރު ނިމެންވާއަިރަށްވެސް ރާއްޖޭގައި ވަރަށް ވަރުގަދަ ހަރުދަނާ ޒުވާން ޖީލެއް ތައުލީމު ލިބިފައި ތިބި ތިބޭނެއޭ. އަދި ހަމަ އެއާއެކީ އަޅުގަނޑު ފާހަގަ ކުރަން ބޭނުން ގައުމު ބިނާ ކުރުމުގައި 5 އަހަރަކީ ވަރަށް ކުރު މުއްދަތެއް. ވަޒީރު ވިދާޅުވިއެވެ.
އިންސާނުން ބިނާ ކުރުމަށް ރައީސް މުއިއްޒު ވަރަށް ހާއްސަ އިސްކަމެއް ދެއްވާކަން ފާހަގަ ކުރަށްވަމުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ގައުމީ މަންހަޖު ތަންފީޒުކުރެވިގެންދާއިރު އޭގެ ނަތީޖާ އެންމެ އެދޭވޭ ގޮތެއްގައި ފެންނާނީ މީގެ 10 ވަރަކަށް އަހަރު ފަހުން ކަމަށެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހަމައެކަނި ދިވެހި މުދައްރިސުންތިބޭގޮތަށް ހެދުމުގެ ބޮޑު މަޝްރޫޢެއް އަންނަ ސެޕްޓެންބަރުމަހު ފަށްޓަވާނެކަމުގައި ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރަންހުރި ކަންކަމަށް މިހާތަނަށް 9 މިލިޔަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ލިބިފައިވާކަމަށެވެ.
އަދި މަތީ ސާނަވީ ތަޢުލީމު މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މި ވޭތުވެދިޔަ ދުވަސްތަކުގައި އަލަށް އިތުރު 23 ސްކޫލެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފަށާފައިވާކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އިންޓަރލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑިވެލޮޕްމަންޓް އޮފީހުގެ ހިންގުން އަމީރަށް
ގަޑިއިރެއް ކުރިން

އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި
ގަޑިއިރެއް ކުރިން

އައްޑޫ ސިޓީ ކައުންސިލްގެ އެޑްވައިޒަރީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
2 ގަޑިއިރު ކުރިން

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް!
2 ގަޑިއިރު ކުރިން


.gif&w=3840&q=75)