logo
އާދިއްތަ ދުވަހުން ފެށިގެން ރާއްޖެއަށް މޫސުން ގޯސވާނެކަމަށް ލަފާކުރޭ

އާދިއްތަ ދުވަހުން ފެށިގެން ރާއްޖެއަށް މޫސުން ގޯސވާނެކަމަށް ލަފާކުރޭ

އަންނަ އާދިއްތަ ދުވަހުން ފެށިގެން މޫސުން ގޯސް، ސަމާލުވޭ!

profile

އާމިނަތު ޝަފާ - 09 އޯގަސްޓު 2024 - 11:21

އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހަށް ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ލަފާކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފިއެވެ.

https://wamco.com.mv/

މިކަން ހާމަކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާތީ ކުރިއަށްއޮތް ފަސްދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކޮށް ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަަމަށް ލަފާކުރެވޭކަމަށެވެ.

ވައިގަދަވެ ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަަމާލުވުމަށް އިލްތިމާސްކޮށް ވަކިން ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދައިގެންނޫނީ ދަތުރު ނުކުރުމަށް މޫސުމާ ބެހޭ އިދާރާއިންވަނީ އަންގާފައެވެ.

މިކަމާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީން ދިން ރައްކާތެރިކަމުގެ އިރުޝާދުގައިވަނީ ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ކުރެވިދާނެ ކަންކަން ހިއްސާކޮށްފައެވެ. އެގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ:

އެގޮތުން ވާރޭވެހި ފެންބޮޑުވެދާނެކަމަށް ތައްޔާރުވުން

ގެއަށް ފެން ނުވަންނާނެހެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއި ގޭގެ ދޮރުމަތީގައި ވެލި ބަސްތާ ޖެހުން.

ފެން ބޮޑުވެއްޖެނަމަ ފެން ޖެހިގެން ގެއްލުންވެދާނެ މުދާ ރައްކާތެރި ތަންތަނަށް ބަދަލުކުރުން.

ގަދަ ވައިގެ ސަބަބުން ފުރާޅު އެއްލާލަފާނެކަމަށް ލަފާކުރެވޭނަމަ ވައު ފަދަ ތަކެތި ބޭނުންކޮށްގެން ފުރާޅު އެއްލާ ނުލާނެފަދަގޮތަކަށް ހައްޔަރުކުރުން.

ބޭނުން ނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިވާލާފައި ބެހެއްޓުން.

ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދައިގެންނޫނީ ދަތުރަށް ނުފެށުން.

ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާގޮތަށް ދުރަލާ ކަންކަން އިންތިޒާމުކުރުން.

މިކަންކަމަށް ރަށުފެންވަރުގައި ރައްޔިތުން ހޭލުންތެރިވުމަށްވެސް ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީންވަނީ އިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk