
އާސަހަރާގެ މަސައްކަތް ނިންމައި، ރަސްމީކޮށް ހުޅުވުން - ފޮޓޯ: ރައީސް އޮފީސް
ބޮޑު މަރާމާތަކަށް ފަހު މާލޭ އާސަހަރާ އަލުން ހުޅުވައިފި

އައިޝަތު އިނާޝާ - 04 އޮކްޓޯބަރު 2024 - 07:34
މާލޭ އާސަހަރާގެ މަސައްކަތް ނިންމައި، ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އާސަހަރާ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުއެވެ.
މިރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްއާއި ، ކެބިނެޓްގެ ބައެއް ވަޒީރުންގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މެންބަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ވައިވެރިވެލެއްވިއެވެ.
އާސަހަރާ މަރާމާތުކުރުމުގެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރު އެ މަނިކުފާނު ފެށްޓެވި މަޝްރޫއެކެވެ.
'އަސްލު ޓީވީ' އާ ވާހަކަ ދައްކަވަމުން މޭޔަރ އާޒިމް މީގެކުރިން ވިދާޅުވެފައިވަނީ، އާސަހަރާގެ މަސައްކަތް އެއްކޮށް ނިންމައި، ހުޅުވުމުން ވަރަށް ގިނަ ބަޔަކަށް ލުއިފަސޭހަތަކެއް، ޚާއްސަކޮށް މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާނެ ކަމަށެވެ.
އާޒިމް ވިދާޅުވީ އާސަހަރާ މިސްކިތުގެ މަސައްކަތް މިހާތަނަށް ލަސްވީ މަޝްރޫއަށް ބައެއް ބަދަލުތައް ގެންނަންޖެހުމުން ކަމަށެވެ.
އެ ބަދަލުތަކާ އެކު މިސްކިތުގެ މަސައްކަތް މިހާރު ނިމެމުން އަންނަކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، އެމިސްކިތް ނިންމާނީ އެއަރކޯން ކޮށްފައި ކަމަށެވެ.
އޭގެ އިތުރުން އަންހެނުން ވުޟޫކުރަން ވަކި ތަނަކާއި އަންހެނުންނަށް ވަކި ފާޚާނާއެއްވެސް އަލަށް ތަރައްޤީކުރާ މިސްކިތުގައި ހުންނާނެ ކަމަށް މޭޔަރ ކުރިން ވިދާޅުވިއެވެ. އަދި ފާޚާނާތައް ހުންނާނީ ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ވެސް ބޭނުންކު ރެވޭގޮތަށް، އެންމެ ޒަމާނީ ފެންވަރަށްކަން އާޒިމް ފާހަގަކުރެއްވިއެވެ.
އަންހެނުނާއި، ފިރިހެނުން ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާ ބޮޑުކުރުންވެސް އެ މަޝަރޫއުގެ ތެރޭގައި ހިމެނެއެވެ.
މިސްކިތުގެ މަަސައްކަތް ފުރަތަމަ ހަވާލުކުރި ކޮންޓްރެކްޓަރަށް 3.9 މިލިއަން ރުފިޔާ އަދި ދެވަނަ ކޮންޓްރެކްޓަރަށް 5 މިލިއަން ރުފިޔާ ޚަރަދުވިކަމަށް މޭޔަރު ވިދާޅުވިއެވެ.
މިސްކިތުގެ ފިނިޝިން މަސައްކަތްކުރުމަށް، ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2.7 މިލިއަން ރުފިޔާއަށްކަން ފާހަގަކުރައްވައި މޭޔަރު ވަނީ މުޅި މަޝްރޫޢުއަށް 11.6 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް ވިދާޅުވެފައެވެ.
މާލޭގައި މަރުވާ މީހުން ވަޅުލުމަށް ބޭނުންކުރާ އާސަހަރާ މަރާމާތުކުރުމަށް ބަންދުކުރީ މިދިޔަ އަހަރުގެ މެއި މަހުގައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސްއަށް 62% ތާއީދު އެބައޮތްކަމަށް ސާވޭއަކުން ދައްކައިފި
5 ދުވަސް ކުރިން
.jpg&w=3840&q=75)
ރައީސް، ގަލޮޅު ރައްޔިތުންނާ ބައްދަލުކުރެއްވުން މިރޭ!
8 ދުވަސް ކުރިން

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރުކަމުގައި އަލުން ހެދުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް: ރައީސް
10 ދުވަސް ކުރިން

މަސްވެރިން އެދިލައްވާކަންކަމަށް އީޖާބީ ގޮތެއްގެ ރަނގަޅު ކުރިއެރުން ގެނެސްދޭނަން: ރައީސް
10 ދުވަސް ކުރިން


