
މޫސުން ގޯސްވެ ރަށްރަށުގައި ފެންބޮޑުވެދާނެތީ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި ---ފޮޓޯ| މިހާރު
މާދަމާއިން ފެށިގެން މޫސުން އަލިވާން ފަށާނެ
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 20 އޯގަސްޓު 2024 - 07:18
މާދަމާއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މޫސުން އަލިފާން ފަށާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ - މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ އިއްޔެއެކޭވެސް އެއްފަދައިން މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މިއަދު މެޓް އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފައެވެ. އެއީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ.
ކަނޑުތައް މިއަދު އުޅެނީ އުތުރާއި މެދުރާއްޖެތެރެއަށް ގަދަކޮށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. މެޓް އޮފީހުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު މިއަދު ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ، މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެކަމަށެވެ. އަދި ބުރާސްފަތި ދުވަހުން ފެށިގެން މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެކަމަށެވެ.
ރާއްޖެއަށް އަންނަނީ މައިގަނޑު ދެމޫސުމެވެ. އެއީ ހުޅަނގު މޫސުމާއި އިރުވައި މޫސުމެވެ. އާންމުކޮއް ރާއްޖެއަށް ބޮޑައް ވިއްސާރަ ކުރަނީ ހުޅަނގު މޫސުމުގައެވެ. އިރުވައި މޫސުމުގައި ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރިޔަސް މޫސުން ގިނަދުވަސްތަކުގައި އޮންނަނީ އާންމު ގޮތެއްގައި ރަނގަޅަށެވެ. ހުޅަނގު މޫސުން ރާއްޖެއަށް ޢާންމުގޮތެއްގައި ލައިގަންނަނީ މޭމަހު މެދެއްހާ ތަނުން ފެށިގެން ނޮވެންބަރު މަުގެ ނިޔަލަށެވެެ. އަދި އިރުވައި މޫސުން ޖެނުވަރީއިން ފެށިގެން މާރިޗްމަހުގެ ނިޔަލަށް ދެމިގެން ދެއެވެ. ޑިސެމްބަރ އަދި އެޕްރީލް މަހަކީ ޢާންމުކޮށް ދެމޫސުން ބަދަލުވާ ދުވަސްވަރެވެ.
ގުޅުން ހުރި ޙަބަރުތައް

ބާޒާރުގައި ތެލުގެ އަގު ދަށެއް ނުވޭ: ވަޒީރު މޫސާ ޒަމީރު
3 ގަޑިއިރު ކުރިން

މާރިޗް މަހު މީރާގެ ޖުމްލަ އާމްދަނީގެ %78.51 ޑޮލަރުން
3 ގަޑިއިރު ކުރިން

ޕީއެންސީގެ ޒިންމާއަކީ ރައްޔިތުންނަށް ފުރިހަމަ ވެރިކަމެއް ކޮށްދިނުން: ސައީދު
4 ގަޑިއިރު ކުރިން

ދާއިރާގެ ރައްޔިތުންނާއި ގުޅިގެން ތަރައްގީ ގެނެސްދޭނެ ކަމުގެ ޔަގީންކަން އަރުވަން: ސައީދު
4 ގަޑިއިރު ކުރިން


.gif&w=3840&q=75)