logo

މޭޔަރު އާޒިމް އަށް ޝުޖާއު ދެއްވީ 100 އިން 0

profile

މުޙައްމަދު ފަޟްލޫން - 19 ފެބްރުއަރީ 2026 - 06:26

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އަށް 100 އިން 0 ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ދެއްވައިފިއެވެ.

https://wamco.com.mv/

މާލޭގެ ބޮޑެތި މިސްކިތްތައް އިއްޔެ އޭސީކޮށް ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކުރުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިސްކިތްތައް ރޯދަ މަހަށް ނިމިފައިވާކަމަށެވެ. ނަމަވެސް މާލޭ ސިޓީ ކައުންސިލުން މާލޭގެ މޭޔަރުގެ ބެލުމުގެ ދަށުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އާލްސާނީ މިސްކިތް ނުވަތަ ގުއްބު މިސްކިތުގެ މަސައްކަތް ނިންމާނުލެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މަސައްކަތުގެ ސްޕީޑަށް ބަލާނަމަ ރައީސް ޑރ މުހައްމަދު މުއިއްޒު މާ ހަލުވި ކަމަށެވެ.

މާލޭގެ މިސްކިތްތައް އާބާތުރަ ފިލުވުމަކީ ރައީސް ޑރ.މުއިއްޒުގެ މޭޔަރުކަމުގައި ގަވާއިދުން ދުރާލާ ކުރަމުން އައި ކަމެއް ކަމަށް ޝުޖާއުގެ އެކްސް ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

ޝުޖާއު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން 65 ދުވަހުން މާލޭގެ ބޮޑު މަގެއްގައި ތާޅު އަޅައި ނިންމާފައިވާކަމަށެވެ. ނަމަވެސް އެއް އަހަރުވެގެން ދިޔައިރުވެސް މާލޭގެ މޭޔަރަށް އެންމެ މިސްކިތެއްގަ ޓައިސް ޖަހާ ނެވިލޯނު ނޭޅުނު ކަމަށް ވިދާޅުވެ ޝުޖާއު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެެވެ.

ޝުޖާއުގެ އިތުރުން ޕީއެންސީގެ ގިނަ ބޭފުޅުން ވަނީ އެމްޑީޕީގެ ސަރުކާރުގައި މާލެ ސިޓީގައި އެމްޑީޕީއަށް ނިސްބަތްވާ މޭޔަރަކު ހުރެ މާލެއަށް ތަރައްްގީ ނުގެވޭތީ އެކަމަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk