
---
ގެމަނަފުށީ ސްކޫލް ހޯލުގެ ދަތިކަމަށް މިއަހަރު ހައްލެއް ހޯދައިދޭނަން - ރައީސް

އަހުމަދު ޒަލީފު - 23 ފެބްރުއަރީ 2024 - 12:55
ގއ. ގެމަނަފުށީ ސްކޫލް ހޯލުގެ ދަތިކަމަށް މިއަހަރު ހައްލެއް ހޯދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގެމަނަފުށީ ސްކޫލް މަލްޓި ޕާޕަސް ހޯލް އާއި އެރަށު މަގު ހެދުމުގެ މަޝްރޫޢާމެދު ގއ.ގެމަނަފުށީ، ހުސްނޫގޭ، ސަމީރު އަޙްމަދު، ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މިއަހަރު ތެރޭގައި ސްކޫލް ހޯލްގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
"ގެނަމަފުށި މީ މަސްވެރިކަމަށް ވަރަށް މުހިންމު ރަށެއް، އިޤްތިސާދީ ގޮތުން ބަލާއިރުވެސް، އަދި އާބާދީގެ ގޮތުން ބަލާއިރުގަވެސް މަގުހެދުމަކީ ރަށަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް. އެހެންވީމަ މިރަށުގައި ހަދާ މަގުތައް ހަދާނީ އިތުރު ކުރެވިގެން ރަށަށް ފައިދާ މަސްވެރިކަމަށް އަދި އާންމު ދިރިއުޅުމަށްވެސް ކުރާނެ ގޮތަށް." ރައީސް ވިދާޅުވިއެވެ.
ގެމަނަފުށީ ސްކޫލް އިމާރާތަކީ ފާއިތުވެދިޔަ ދެތިން ރިޔާސީ ދައުރުގައިވެސް މުހިންމު ހުވަފެންތަކެއް ދައްކަމުން ދިޔަ އިމާރާތެއް ކަމަށް ސަމީރު ވަނީ ވިދާޅުވެފައެވެ. އަދި މިހާތަނަށް އައިއިރު ސްކޫލް ހޯލުގެ ދަތިކަމަށް އެއްވެސް ހައްލެއް ނުލިބޭ ކަމަށާއި އާބާދީގެ ގޮތުން މީހުން މަދު ރަށްތަކުގައިވެސް ހޯލުގެ ދަތިކަން ހައްލުކޮށްފައިވާކަން އޭނާ ފާހަގަކޮށްލިއެވެ.
"އަޅުގަނޑުމެންނަކީ ގއ އަތޮޅުގައި ބޭއްވޭ މުހިންމު ހަރަކާތްތަކުގައި އެންމެ އިސް އެއް ނާރެސް. ދާދި ފަހަކުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އަޅުގަނޑުމެންނާއެކު ބޭއްވި ބައްދަލުވުމެއްގައިވެސް އަޅުގަނޑު ދެންނެވިން ހޯލެއް ނުލިބުމުގެ ސަބަބުން އެއް ކްލާސްރޫމެއްގައި އިތުރު ވަގުތުތަކާ އެއްކޮށް އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހެނީ." ސަމީރު ބުންޏެވެ.
އެރަށަކީ ދުއްވާ އެއްޗެހި ވެސް ގިނަ ރަށަކަށްވެފައި ތާރު އަޅަން އޮތީ އެންމެ ފަސް މަގު ކަމަށާއި އެރަށަށްވުރެ މަދު އާބާދީ އޮތް ރަށްރަށުގެ ގިނަ މަގުތަކުގައި ތާރުއަޅަން ނިންމާފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖޭގެ ހުރިހާ ސަރައްހަދެއްގައި ކުރިއަށްގެންދާ ފުލުހުންގެ ތަމްރީނެއް ފަށައިފި
24 މިނިޓު ކުރިން

ނިމި ދިޔަ ޖަނަވަރީމަހު މަހުގެ އެކްޕޯޓް ދަށަށް
25 މިނިޓު ކުރިން

ތެރަޕީގެ ފަރުވާތަކަށް ތަމްރީންކުރުމުގެ ސްކޮލަރޝިޕްތަކަކަށް ހުޅުވާލައިފި
4 ގަޑިއިރު ކުރިން
ކުޅިވަރުގެ ހުރިހައި ދާއިރާތަކެއް ގުޅުވާލުމަށް "ސްޕޯޓް ގޭޓް" އިފްތިތާހުކޮށްފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)