logo
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް

ހޮނިހިރު ދުވަހުގެ ހިޔާގެ ޓަވަރުތަކުން ކަރަންޓު ކެނޑިދާނެ - ސްޓެލްކޯ

profile

ޔޫޝައު ހަސަން - 21 ޖޫން 2023 - 08:54

ޑި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދާއިމީ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މަސައްކަތް ކުރުމަށް ހިޔާ ފްލެޓްއިން އަންނަ ހޮނިހިރު ދުވަހުގެ ބައެއް ގަޑިތަކުގައި ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

https://wamco.com.mv/

ދެވަނަ ފިޔަވަހީގައި އަލަށް ހަދަމުން އަންނަ އިމާރާތްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނިން ގާއިމްކޮށްފައިވާ ވަގުތީ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް އަންނަ ހޮނިހިރު ދުވަހު ހިޔާ ޓަވަރު 1 އިން 8 އަށް، ހެނދުނު 10:00 އިން މެންދުރު 12:00 އަށް ކަރަންޓު ކެނޑިދާނެ ކަމަށާއި ޓަވަރު 9 އިން 16 އަށް މެންދުރުފަހު 2:00 އިން 3:30 އަށް ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން މިއަދު ވަނީ ބުނެފައެވެ.

ކަރަންޓް ކެނޑުމުގެ ސަބަބުން އެވަގުތުތަކުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk