
ބާނަ ބާނަ ތިއްބާ ތިޔަ ވިއްކަލީ ކަނޑު - ބޮޑު ޖަލްސާގެ ތެރެއިން
ރާއްޖޭގެ ފަޔަށް ހެރިފަ އިން މޮހޮރު ނައްޓާލާނީ އަޅުގަނޑު - އުމަރު

އަހުމަދު ޒަލީފު - 22 ޖުލައި 2023 - 09:04
ބަނދަރާއި މަގުހެދުމަކީ ހުރިހާ ސަރުކާރެއްގައި ވެސް ކުރާކެމެއް ކަމަށާއި، އެއީ އިންތިބާހާބުތަކާ ދިމާކޮށް ވާންޖެހޭ ވަޢުދެއް ނޫން ކަމަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަޞީރު ވިދާޅުވެއްޖެއެވެ
އަޅުގަނޑުގެ ވައުދަކީ ރާއްޖޭގެ ފަޔަށް ހެރިފައި އިން މޮހޮރު ނައްޓާލާފައި ބޭސްކޮށް ރަނގަޅުކުރުން - ވަގުތުގެ ހޫނު ގޮނޑި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަން ޔަގީންކަމާއިއެކުގައި ވިދާޅުވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އިރު ވެސް އެ މީހުން ރާއްޖޭގައި ތިބުމުން ކަމަށް އުމަރު ވިދާޅުވިއެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް އައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކަމަށާއި އޭގެ ފަހުން އިންޑިއާ ސިފައިންގެ އުޅަނދާއި އެ މީހުންގެ އަދަދު އިތުރުކުރަމުން ދިޔަ ކަމަށް ވިދާޅުވިއެވެ. މިހާރު ރާއްޖޭގެ ހަތަރު ސަރަހައްދަކަށް އެ މީހުން ފައިބާފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މި ވޯޓުގައި ރައީސް ސޯލިހް ބަލިވާނެ ކަމުގައި ވަރަށް ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ރައީސް ސޯލިހް ބަލިވުމުން އިންޑިއާ ސިފައިން ރާއްޖެއިން ފުރައިގެންދާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ވަޓްސްއެޕްގެ ސީއީއޯ އަކަށް އިންޑިއާ މީހަކު ހަމަޖައްސައިފި
4 ގަޑިއިރު ކުރިން

ވެލާނާ އެއާޕޯޓުން މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި
4 ގަޑިއިރު ކުރިން

އާންމު ޚިދުމަތްތެރިންގެ ޚިދުމަތްތަކަށް ރައީސުލްޖުމްހޫރިއްޔާ، ޝުކުރު ދަންނަވައިފި
4 ގަޑިއިރު ކުރިން

ހިމަބިހީގެ ކޭސްތަކުގެ އަދަދު 22 އަށް އަރައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)