
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު
ނަޝީދުގެ ވަކިނުކުރެވިގެން އެމްޑީޕީން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

އަހުމަދު ޒަލީފު - 30 އޮކްޓޯބަރު 2023 - 08:47
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރުކުރަން އެމްޑީޕީން ކުރަމުން އަންނަ މަސައްކަތައް ހުރަސްތައް ކުރިމަތިވެ އެމައްސަލަ ކުރިއަށް ނުދާތީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބަލައިގެންފިއެވެ.
އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އަނަސް އަބްދުއްސައްތާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިގަނެ މައްސަލަ ހުށަހެޅުމުގެ ހުއްދަ ކޯޓުން ދީފައިވާ ކަމަށެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ދެ ކަމަކަށެވެ. އެއީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކުރާ ޖަލްސާއަށް ނައިބު ރައީސަށް ވަޑައިނުގެންނެވޭ ހާލަތުގައި، މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާ އަށް އަމަލު ކުރަންޖެހޭ ގޮތަށް މާނަކޮށްދިނުމަށެވެ.
ދެވަނަ ކަމަކަށް އެދިފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް މާނަކޮށްދިނުމަށެވެ.
އެމްޑީޕީން އެދުނުގޮތައް ސުޕްރީމް ކޯޓުން މައްސަލަ ނިންމައިފިނަމަ ނޮވެމްބަރ 17 ވަނަ ދުވަހު ޑރ.މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ނަޝީދު މަގާމުން ދުރުކުރަން ޖެހޭނެއެވެ. އެހެން ނޫނަމަ މުއިއްޒު ހުވާ ކުރެއްވުމުގެ ޖަލްސާ ނުބޭއްވޭނެއެވެ.
ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރަން މީގެ ކުރިން އެމްޑީޕީން ހުށަހެޅުމުން ޖަލްސާތައް ކުރިއަށް ގެންދަން ނަޝީދު ދެއްކެވި އުޒުރަކީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ ވެސް އިތުބާރުނެތް ކަމުގެ މައްސަލަ އެއްވަގުތެއްގައި ހުށަހެޅުމުން މައްސަލަތައް ކުރިއަށް ގެންދަން ގާނޫނީ ހުރަސްތަކެއް ހުރުމެވެ. އަދި މަޖިލީހުގެ ކޮމެޓީތައް އެކުލަވައި ނުލެވި އިތުބާރުނެތް ކަމުގެ ބަހުސް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭރު ވިދާޅުވަމުން ގެންދެވިއެވެ.
ނަޝީދު އާއި އީވާގެ މައްސަލަ އަނބުރާ ގެންގޮސް އެމްޑީޕީން ކޮމެޓީތައް އެކުލަވާލަން އެއްބާރުލުން ދިނުމުން ކޮމެޓީތައް ވަނީ މިހާރު އެކުލަވާލާފައެވެ. މިފަހަރު ނަޝީދު ވަކިކުރަން ހުށަހަޅައި އިއްޔެ އާއި މިއަދުގެ ޖަލްސާއަށް ވެސް މައްސަލަ އެޖެންޑާ ކުރިއެވެ. ނަމަވެސް އީވާ އާލާސްކަންފުޅާއި އުޅުއްވާކަަމަށް ވިދާޅުވެ ޖަލްސާއަށް ވަޑައިނުގަތުމުން ޖަލްސާ ބޭއްވޭ ގޮތެއް ނުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އައްޑޫ ހޮސްޕިޓަލުގައި ޓްރާންސްޕޯޓް ސަރވިސް ކޮމްޕްލެކްސެއް އަޅައިދޭނެ ފަރާތެއް ހޯދަނީ
3 ގަޑިއިރު ކުރިން

އުފާވެރި ސްކޫލު ބަންދަކަށް އެޗްޕީއޭގެ ފަސް އިލްތިމާސްއެއް!
3 ގަޑިއިރު ކުރިން

ދިވެހިން ކުރާ ހޭދައާއި ގުޅޭ ސާރވޭ އެއް އެމްއެމްއޭ އިން ކުރަނީ
4 ގަޑިއިރު ކުރިން

އާއްމުން ހޭލުންތެރިކުރަން އީސީއަށް ލިބެނީ ކުޑަބަޖެޓެއް: ޝަކީލް
4 ގަޑިއިރު ކުރިން


.gif&w=3840&q=75)