
މިނިސްޓަރ ރާފިއު ބީޗްވޮލީބޯޅަ ޗެލެންޖުގައި ވާދަކޮށް ރަން މެޑަލް ހޯދި ޓީމާއެކު
މާލޭ ބީޗްވޮލީބޯޅަ ކޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރަނީ!

އާމިނަތު ޝަފާ - 07 އޯގަސްޓު 2024 - 17:44
ބީޗުވޮލީބޯޅަ ކުޅުންތެރިން ޕްރެކްޓިކްސް ކުރުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ދެއްވައިފިއެވެ.
ބޫޓާނުގައި ނިމުނު ކާވާ ބީޗުވޮލީބޯޅަ ޗެލެންޖުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ އިސްމާއިލް ސާޖިދު އާއި އާދަމް ނަސީމް އަށް މަރުޙަބާ ދެންނެވުމަށް ފަހު މިނިސްޓަރ ރާފިޢު ވަނީ ބީޗްވޮލީބޯޅަ ކުޅުންތެރިންނަށް ހިތްވަރު ދެއްވާފަ އެވެ.
މިނިސްޓަރ ވިދާޅުވީ މި ކާމިޔާބީ އަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްކަމަށާއި، ދެ ކުޅުންތެރިންނަށް މަރުޙަބާ ދަންނަވާކަމަށެވެ.
ބީޗްވޮލީބޯޅަ ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ފާހަގަކުރައްވާ މިނިސްޓަރ ރާފިޢު ވިދާޅުވީ ކުޅުންތެރިންގެ ފަރިތަކުރުންތަކަށް އެކަށީގެންވާ ވަސީލަތްތަކެއް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށާއި، މިހާރު މާލޭގައި އޮތް ބީޗްވޮލީބޯޅަ ކޯޓު ރަނގަޅު ފެންވަރަކަށް ތަރައްގީކުރައްވާނެކަމަށެވެ. އަދި އެކަމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ އަންހެން ބީޗްވޮލީބޯޅަ ކުޅުންތެރިންނަށްވެސް ސަރަހައްދީ މުބާރާތްތަކުން ވަނަ ހޯދުމަކީ މާ ދުރުގައި އޮތް ކަމެއް ނޫންކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ކާވާ ބީޗްވޮލީބޯޅަ ޗެލެންޖުގެ ސެމީ ފައިނަލުގައި ރާއްޖޭގެ އަންހެން ޕެއާ ކަމަށްވާ އާމިނަތު އަރީޝާ އާއި ފާތިމަތު ޒީނިއާގެ ޕެއާ ވާދަކުރި އެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އަންހެން ޓީމްތަކަށްވެސް އެކަށީގެންވާ ތަމްރީންތަކެއް ދެވިއްޖެނަމަ މެޑަލް ހޯދުމަކީ މާ ދުރުގައި އޮތް ކަމެއް ނޫންކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

އެމެރިކާ ރައްޔިތުން ރުޅިގަދަވެ ޓްރަންޕަށް ނުރުހުމާއި މަލާމާތް
2 ގަޑިއިރު ކުރިން
އެމެރިކާގެ މަތިންދާބޯޓު އުފުލާ 3 މަނަވަރު ހުޅަނގުއޭޝިއާ ސަރަހައްދުގައި!
2 ގަޑިއިރު ކުރިން

ޔަހޫދީން ލުބުނާނަށް ހަމަލާދިނުން ހުއްޓައިލުމަށް ވެވުނު އެއްބަސްވުމުގެ މާނައެއް ނެތް: ލުބުނާން
2 ގަޑިއިރު ކުރިން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވި މައްސަލައެއް ބަލަން ފަށައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)