
ޤާސިމް ވޯޓު ލައްވަނީ
ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދާ ދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް- ގާސިމް

އަހުމަދު ޒަލީފު - 05 ޑިސެމްބަރު 2023 - 05:39
ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލި ދާއިރާގެ މެމްބަރު، ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ގާނޫނުން ލިބިގެންފައިވާ އަދި މަސްވެރިން ބޭނުން ކުރަމުން ދިޔަ 200 ނޯޓިކަލް މޭލުގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 4500 އަކަ ކިލޯ މީޓަރަށް ވުރެ ބޮޑު ބައި ދޫކޮށްލާފައިވާތީ މިއީ ދިވެހިންގެ ހައްގު ގާނޫނީ މުދަލަކުން ބޭރުގެ ބަޔަކަށް ސަރުކާރުން ނުހައްގުން ދޫކޮށްފައިވާ ސަރަހައްދަކަށްވާތީ ސަރުކާރުގެ މި އަމަލު ގަބޫލު ނުކުރާނެ ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.
ރާއްޖެ ކައިރީ އޮންނަ ޗާގޮސްގެ ރަށްތައް މޮރިޝަސްއާ ހަވާލު ކުރަން އިނގިރޭސިވިލާތުން މީގެ ކުރިން ގެންގުޅުނު ވިސްނުން ދޫކޮށްލަން އެ ގައުމުން ނިންމި ހަބަރާއި ގުޅިގެން ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށެވެ.
ހަމަ އެއާއެކު މި ޓުވީޓުގައި ރާއްޖެއާއި ޗާގޮސްގެ މައްސަލައިގައި ދިވެހީންނަށް ގެއްލިފައިވާ ސަރަހައްދު ހޯއްދަވައިދެއްވުމަށް ވިސްނުންތެރިކަމާއެކު ވީހާވެސް ހަލުވިކޮށް މަސައްކަތްޕުޅު ފައްޓަވައިދެއްވުން އެދި ރައީސުލްޖުމްހީރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިހުން އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނުގެ ކެމްޕޭން ދުވަސްވަރު ތެރޭގައި ވެރިކަމަށް ވަޑައިގެންފިނަމަ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފަށް ވައްދާނެކަމަށްވެސް ވަޢުދުވެވަޑައިގެންފައިވާކަން ގާސިމް ފާހަގަކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ރައީސް، ގަލޮޅު ރައްޔިތުންނާ ބައްދަލުކުރެއްވުން މިރޭ!
7 ދުވަސް ކުރިން

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރުކަމުގައި އަލުން ހެދުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް: ރައީސް
9 ދުވަސް ކުރިން

މަސްވެރިން އެދިލައްވާކަންކަމަށް އީޖާބީ ގޮތެއްގެ ރަނގަޅު ކުރިއެރުން ގެނެސްދޭނަން: ރައީސް
9 ދުވަސް ކުރިން

ސަސްޓެއިނަބަލް ޓައުންޝިޕްގެ ފުރަތަމަ ޕްރޮޖެކްޓް ހިންގުމުގެ ހުއްދަ ރަސްމީކޮށް ހަވާލުކޮށްފި
11 ދުވަސް ކުރިން


