
ކުޑަހެންވޭރާއި ވިިކްޓްރީ ބައްދަލު ކުރި މެޗްގައި ހިންގި މާރާމާރީގެ ތެރެއިން؛ ފޮޓޯ: މިހާރު
ގަލޮޅު ދަނޑުގައި މާރާމާރީ ހިންގި މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރު ކޮށްފި

އަހުމަދު ޒަލީފު - 12 ފެބްރުއަރީ 2024 - 07:02
އެމްޕީއެލް އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ފެބްރުއަރީ ހަތް ވަނަ ދުވަހުގެ ހަވީރު ކުޑަހެންވޭރު ޔުނައިޓެޑް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން މާރާމާރީ ހިންގި މަައްސަލަައިގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ
ފުލުހުން ވިދާޅުވީ، މިމައްސަލައާއި ގުޅިގެން ފަހުން ހައްޔަރު ކޮށްފައިވަނީ 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެއް ކަމަށެވެ. އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމެއް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 19 އަހަރުގެ މީހާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާއިރު، 20 އަހަރުގެ މީހާގެ ބައިވެރިވުން އެނގޭނޭ ސީސީޓިވީ ފުޓޭޖް ހުށަހެޅުމަށް ކޯޓުން ވަނީ އަންގާފައެވެ.
މިމައްސަލައާއި ގުޅިގެން މިމަހުގެ 10 ވަނަ ދުވަހު ފުލުހުން ހައްޔަރު ކޮށްފައިވަނީ 21 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެކެވެ. މި ދެމީހުންގެ މައްޗަށް މަރާމާރީ ހިންގުމާއި، ބިރު ދެއްކުމާއި، އިންޒާރު ދިނުމުގެ އިތުރުން އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގުމުގެ ތުހުމަތު ވަނީ ކޮށްފައެވެ.
ފުލުހުން އޭރު ވިދާޅުވީ، މިމައްސަލައާއި ގުޅިގެން އެ ދެމީހުން ވެސް 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.
މެޗުގައި ހަމަނުޖެހުން ހިނގާފައިވަނީ، ކުޑަހެންވޭރުގެ ކުޅުންތެރިއަކު ވިކްޓަރީގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން އެކުޅުންތެރިޔާ ގަސްދުގައި ކުޑަހެންވޭރުގެ ކުޅުންތެރިޔާ ގައިގައި ކޮޅުފައިން ޖެހުމުންނެވެ. އެކަމާއި ގުޅިގެން އެކުޅުންތެރިޔާއަށް ރަތް ކާޑެއް ދެއްކުމުގެ ބަދަލުގައި ރެފްރީ ދައްކާފައިވަނީ ރީނދޫ ކާޑެކެވެ. އެއާއި އެކީ އެމައްސަލަ ހޫނުވެ، ކުޑަހެންވޭރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ވަކި ހިސާބަކުން ދަނޑުގައި ތިބި ކުޑަހެންވޭރުގެ ސަޕޯޓަރުން ވެސް ވަނީ ދަނޑަށްވެދެ، ސަރަހައްދު އިތުރަށް ހޫނުކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

އިގްތިސާދު ކުރިއެރުވުމުގައި އެންމެ ބޮޑު އިސްކަމެއްދޭ ބައިވެރިންނަކީ ދިވެހި ޒުވާނުން: ރައީސް
3 މިނިޓު ކުރިން

ސްޕެޝަލިސްޓް ތަމްރީނަށްފަހު 16 ދިވެހި ޑޮކްޓަރަކު އައިޖީއެމްއެޗް އަދި ދަރުމަވަންތައާ ގުޅިއްޖެ
4 ގަޑިއިރު ކުރިން

ހަވީރީގޯޅީގެ އެކި ސަރަހައްދުތަކަށް ކުނި އަޅާފައިވާތީ އެކަން ކުރި ފަރާތްތައް ހޯދަނީ
4 ގަޑިއިރު ކުރިން
ސްޓޭޓްފާމާގެ ބޭސްތަކުގެ މައުލޫމާތު ލިބޭ ހާއްސަ ޕޯޓަލްއެއް ލޯންޗުކުރަނީ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)