logo

ޖަރާސީމު ހުރި ފުޅިތައް ބާޒާރުން ނަގައިފިން: ހޭންޑީ ވޯޓަރ

profile

މުޙައްމަދު ފަޟްލޫން - 19 ފެބްރުއަރީ 2026 - 06:26

ޖަރާސީމު ހުރި ފެންފުޅިތައް ބާޒާރުން ނަގާ، އަޅަންޖެހޭ ފިޔަވަޅު އަޅާފައިވާނޭކަމަށް ހޭންޑީ އިންޑަސްޓްރީޒް އިން ބުނެފިއެވެ.

https://wamco.com.mv/

އެމްއެފްޑީއޭއިން މިދިޔަ އަންގާރަ ދުވަހު ބުނީ، ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން އުފައްދާ ހޭންޑީ ވޯޓާގެ 330 މިލިލީޓަރާއި ބައި ލީޓަރާއި އެއް ލީޓަރުގެ ފެން ބިއްލޫރި ފުޅިތަކުން ފެނިގެން ނުވާނެ ޖަރާސީމުތައް ފެނިފައިވާ ކަމަށެވެ.

ހޭންޑީން އުފެއްދައި މައްސަލަ ޖެހުނު ފެނުގެ ތަހުލީލު ނަތީޖާ ދައްކާގޮތުން، އެއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތޭ ފެނެއްނޫން ކަމަށް، އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

އެހެންކަމުން އެ ފެން ބޭނުން ނުކުރުމަށާއި އެ ފެން ބާޒާރުން ނެގުމަށް ވަނީ އަންގާފައެވެ.

އެމްއެފްޑީއޭގެ އެ ނިންމުމާއި ގުޅިގެން އެކަމާ ގުޅިގެން، ހޭންޑީ ވޯޓާ ބަންދުކުރާ ހޭންޑީ އިންޑަސްޓްރީޒް އިން ނެރުނު ބަޔާނެއްގައި ބުނީ އެ އޮތޯރިޓީ އެކަން ކުންފުންޏަށް އެންގުމާ އެކު އެއްވެސް ލަސްކުރުމެއް ނެތި އެ ބެޗުތަކުގައި ވިއްކާފައިވާ އެންމެހާ ފުޅިތައް ބާޒާރުން ނަގާފައިވާކަމަށެވެ.

ހޭންޑީ އިން ބުނީ ފެންފުޅިތަކުގައި ޖަރާސީމު ހުރި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ހެން ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް ހޭންޑީ ކުންފުނިން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk