
ރައީސް ޔާމީން ހުންނެވީ ގޭ ބަންދުގައި
ރައީސް ޔާމީންއާ ދެކޮޅަށް ހުށަހެޅި އައު ހެކިތައް ބަލައިނުގަތް މައްސަލަ ސުޕުރީމް ކޯޓުން ބަލަނީ
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 20 އޯގަސްޓު 2024 - 07:01
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމުގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތް ހިންގުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން އޮތީ އަންގާފައެވެ. އަދި އެ މައްސަލަ އަލުން ބަލާއިރު، ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ހައި ކޯޓުން އޭރު އޮތީ ކަނޑައަޅައިފައެވެ.
އެ ހެކިތައް ބަލައިނުގަތް މައްސަލާގައި ދައުލަތުން ސުޕްރީމް ކޯޓަށް ވެއްދި މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ނިންމައިފައެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ހައިކޯޓުން ދަށު ކޯޓަށް އެންގިތާ ހަތަރު މަސް ފަހުން އެ މައްސަލަ ބުދަ ދުވަހަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ އިންފޮމޭޝަން އޮފިސަރު އަސްލަށް ވިދާޅުވީ، ކުރީގެ ރައީސް ޔާމީންއާ ގުޅުން ހުރި ދެ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުންތަކެއް ކޯޓުން ތާވަލުކޮށްފައިވާ ކަމަށެވެ. އެއް އަޑުއެހުމަކީ އެމްއެމްޕީއާރުސީގެ ވައްކަމުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތުގެ އަޑުއެހުމެކެވެ. މިއަދަށް ތާވަލުކުރި އެ އަޑުއެހުން ވަނީ ފަސްކުރަން ނިންމާފައެވެ. އަދި މާދަމާއަށްވެސް ކޯޓުން ވަނީ ޔާމީންއާ ގުޅުންހުރި އަޑުއެހުމެއް ތާވަލުކޮށްފައެވެ. އެއީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި އެންގުމާ އެއްގޮތަށް، ކުރިއަށްގެންދާ އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ އަޑުއެހުމެވެ.
އާރަށް މައްސަލާގައި ކްރިިމިނަލް ކޯޓުން 25 ޑިސެމްބަރު 2022ގައި ޔާމީންގެ މައްޗަށް އިއްވީ ރިޝްވަތުގެ ކުށަށް ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ. އަދި މަނީ ލޯންޑަރިންގެ ކުށަށް، 5 މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ)ގެ ޖޫރިމަނާއަކާ އެކު ހަތް އަހަރުގެ ޖަލު ހުކުމެކެވެ.
މި ނިންމުން ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް މިދިޔަ 18 އެޕްރީލްގައި ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން އެންގިއެވެ.
އެ ހުކުމް ބާތިލުކުރުމުން ޔާމީން މިހާރު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމުން މިނިވަންވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޒަކާތު ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ސުންގަޑި އިތުރުކޮށްފި
7 ގަޑިއިރު ކުރިން

މާދަމާ ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
7 ގަޑިއިރު ކުރިން

އެލްޖީއޭގެ ބޯޑަށް އެމްޑީޕީން ވާދަކުރާ ކައުންސިލަރުން ހޮވައިފި
7 ގަޑިއިރު ކުރިން

ސިފައިންގެ 72، 73 ވަނަ ތަމްރީނު ކޯހުގެ ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި
8 ގަޑިއިރު ކުރިން


.gif&w=3840&q=75)