
ފޮޓޯ ބީއެމްއެލް
7 ވަނަ އިންޓަރ ސްކޫލް ކިޑްސް ސްވިމިންގ ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލައިފި

އައިޝަތު އިނާޝާ - 28 ޖުލައި 2024 - 16:51
ބޭންކް އޮފް މޯލްޑިވްސް އަދި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ހުޅުމާލެ، އިންޑޯ ސްވިމިންގ ޕޫލްގައި ކުރިޔަށް ގެންދިޔަ 7 ވަނަ އިންޓަރ ސްކޫލް ސްވިމިންގ ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
6 ދުވަހަށް ކުރިޔަށްދިޔަ މި ފެސްތިވަލް ގައި 23 ސްކޫލަކުން ހުނަރުވެރި 485 ފެތުންތެރިން އެ ދަރިވަރުންގެ ފެތުމުގެ ހުނަރު ދައްކާލުމަށް ބައިވެރިވެފައިވެއެވެ.
އުމުރުން 6 އަހަރާއި 10 އަހަރުގެ އުމުރުފުރާގެ ބައިވެރިން ވާދަކުރީ ފްރީސްޓައިލް، ފްލައި، ބެކްސްޓޯރޯކް ، ބްރެސްޓްސްޓްރޯކް އަދި އިންޑިވިޖުއަލް މެޑްލީ ރޭސް ފަދަ ތަފާތު އިވެންޓްތަކުގަ އެވެ.
މި ފެސްޓިވަލްގެ މަގުސަދަކީ ކުޅިވަރުގައި ޒުވާނުންގެ ކުރިއެރުން ފާހަގަކޮށް، ޒުވާން އެތުލީޓުންނަށް ކުޅިވަރުގެ ފުރިހަމަ ގާބިލްކަން ހާސިލް ކުރުމަށް ބާރުއެޅުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މި ފެސްޓިވަލް ގެ ކްލޯސިންގ ސެރެމަނީ އިއްޔެ ބާއްވާ ވަނަވަނަ ހާސިލްކުރި ދަރިވަރުންނަށް ވަނީ މެޑަލް ހާވާލުކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިހާތަނަށް 56 އެމްބިއުލެންސް މާލެ ގެނެސް ރަށްރަށަށް ވަނީ ފޮނުވާފައި: ރައީސް
9 ގަޑިއިރު ކުރިން

ޑްރަގް ކޯޓު ހިންގުމުގެ އުސޫލުތައް ވަނީ މުރާޖަޢާކުރެވިފައި: ރައީސް
9 ގަޑިއިރު ކުރިން

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 2.5 މިލިއަން ފަތުރުވެރިން ގެނައުން: ރައީސް
9 ގަޑިއިރު ކުރިން

ކުޅުންތެރިންނަށް ހާއްސަ އިންޝުއަރެންސް ސްކީމެއް ފަށައިފި
11 ގަޑިއިރު ކުރިން


