
---
ދެކުނަށް ދަތުރު ފަށަން ޗައިނާގެ އެއާލައިނަކާ މަޝްވަރާކޮށްފި

އަހުމަދު ޒަލީފު - 29 މޭ 2024 - 13:53
ކުނަށް އަތޮޅުތަކަށް ސީދާ ދަތުރުތައް ފެށުމާ ގުޅޭގޮތުން ޗައިނާގެ އީސްޓާން އެއާލައިންސްއާ އެކު ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލު މަޝްވަރާކުރައްވައިފި އެވެ.
އެ އެއާލައިންގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ވަން ކިންގޗާއޯއާ އެކު ބޭއްވި ބައްދަލުވުމަށްފަހު ފައިސަލް ވިދާޅުވީ ރާއްޖެއާއި ޗައިނާގެ މެދުގައި ދަތުރުފަތުރު އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
އެގޮތުން ހާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންދިޔުމާއި އަދި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް އީސްޓާން އެއާލައިންސްގެ ސީދާ ދަތުރުތައް ފެށުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް ފައިސަލް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރާއްޖޭގެ އެއް ވަނަ މާކެޓަކަށް އެ ގައުމު ހަދައި ދޭން އެދިވަޑައިގެންފަ އެވެ. އެކަމާ ގުޅުން ހުރި އެކި މަސައްކަތްތައް ވެސް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.
ޗައިނާ އަކީ މިދިޔަ އަހަރު ތިން ވަނަ އެންމެ ގިނަ ޓޫރިސްޓުން އައި ގައުމު ކަމަށްވާއިރު، ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ ޗައިނާކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ޗައިނާ އިން 98،000 އަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

އަލިފާނުގެ ހާދިސާތައް ގިނަވުން، މިފަހަރުވެސް ރޯވީ ކެމިކަލް ގުދަނެއްގައި!
12 ގަޑިއިރު ކުރިން
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުން ސޮއިކުރުން މެދުކަނޑާލައިފި
12 ގަޑިއިރު ކުރިން

އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ: އިސްލާމިކް މިނިސްޓްރީ
16 ގަޑިއިރު ކުރިން

ޕްރައިމް ގޯޑައުންގައި ރޯވެއްޖެ
16 ގަޑިއިރު ކުރިން


.gif&w=3840&q=75)