
ބާނަ ބާނަ ތިއްބާ ތިޔަ ވިއްކަލީ ކަނޑު - ބޮޑު ޖަލްސާގެ ތެރެއިން
އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ސޮއި އުމަރު ހަމަކޮށްފި

އަހުމަދު ޒަލީފު - 29 ޖުލައި 2023 - 07:14
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ އުމަރު ނަޞީރު ސޮއި ހަމަކޮށްފިއެވެ.
އެކަމާއި ގުޅިގެން ކެމްޕެއިނާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އުމަރު ވިދާޅުވީ، އީސީން ކެންޑިޑޭޓުންގެ ސޮއި ހޯދުމަށް އިއުލާނު ކުރުމާއި ގުޅިގެން ސޮއި ހޯދުމުގެ މަސައްކަތް މީގެ ފަސް ދުވަސް ކުރިން ފަށައިގެން ފަސް ވަނަ ދުވަހަށް އައިއިރު 2،000 ސޮއިހަމަ ކޮށްފައިވާ ކަމަށެވެ.
"މި މަސައްކަތުގައި އަޅުގަނޑުގެ ވޮލެންޓިއަރުން ހިލޭ ސާބަހަށް މަސައްކަތް ކުރެއްވި، އެހެންވީމަ އަޅުގަނޑުމެންގެ ވޮލެންޓިއަރުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. މި ބޭފުޅުން އަމިއްލަ ވަގުތުުގައި ސަޕޯޓަރުންގެ ގޭގެއަށް ވަޑައިގަންނަވާ މި ސޮއިތައް ހަމަކޮށްދެއްވީތީ". އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، އޭނާއަށް ސޮއި ދޭން ވަރަށް ގިނަބަޔަކު މެސެޖްކޮށް ގުޅާވެސް ހެދި ކަމަށެވެ. އަދި މި ކެމްޕެއިން ކާމިޔާބު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިއީ ކެމްޕެއިނަކަށްވުރެ ބޮޑަށް ހަަރަކާތެކޭ، މިއީ މޫވްމެންޓަކަށް ބަދަލުވެއްޖެ، ވަރަށް ގިނަ އަދަދެއްގެ އާއްމުން މީގައި ބައިވެރިވެ މި ހުދު ވަލުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހިފައިފި، ހިފައިގެން ކޮންމެ ބަޔަކުވެސް އެ ބަޔަކަށް ކުރެވޭ މަސައްކަތެއް ކުރަމުން މި ދަނީ.".
މި އަހަރުގެ ސެޕެޓެންބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ހުޅުވާލާފައެވެ. އެ އިއުލާނުގައިވާގޮތުން އަމިއްލަ ގޮތުން ކުރިމަތިލާ މީހެއް ތާއިދު އޮތްކަން ހާމަ ކުރުމުގެ ގޮތުން ހުހަހަޅާ 1،500 މީހުންގެ ސޮޔާއި މައުލޫމާތު ހިމެނޭ ލިޔުމެއް ލާން ޖެހެއެވެ
ގުޅުން ހުރި ޙަބަރުތައް

ކެމްޕޭންގައި ރައީސްޑރ މުއިއްޒު ކުރެއްވި މަސައްކަތް ވަޒީރުންނާއި މެމްބަރުން ނުކުރޭ: ރިޔާޒް ރަޝީދު
4 ގަޑިއިރު ކުރިން

މާލިއްޔަތު ކޮމިޓީއަށް ޒަމީރު, 241 ކޮމިޓީ އަށް ހަމަދު ހަމަޖައްސައިފި
4 ގަޑިއިރު ކުރިން

ހައްޖު ކިޔު ދިގުވުމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ދިމާވާ މައްސަލައެއް: ޑރ ޝަހީމް
5 ގަޑިއިރު ކުރިން
ވީޢައިއޭގެ ޓްރެފިކަށް ވަގުތީ ބަދަލުތަކެއް ގެނެސްފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)