
—-
އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހަސަންޓޭ ޕީއެންސީއަށް ސޮއިކުރައްވައިފި

އަހުމަދު ޒަލީފު - 07 ޖެނުއަރީ 2024 - 06:55
އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.
ހަސަންޓޭ މިއަދު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ، މިއަދުން ފެށިގެން އޭނާ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ކުރިއަށްދިއުމަށް ނިންމާފައިވާ ކަމަށެވެ.
"ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ޕީއެންސީއާއެކު ހުންނާނެ ވާހަކަ ދަންނަވަމެވެ."، ހަސަންޓޭ ވިދާޅުވިއެވެ.
އޭނާ ޕީއެންސީއަށް ސޮއިކުރެއްވިއިރު، ފޯމާއި ހަވާލުވެވަޑައިގެންނެވީ ޕީއެންސީގެ ރައީސް، ރައީސް ޑރ. މުއިއްޒެވެ.
ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭވެސް އެމްޑީޕީއަށް ނިސްބަތްވާ 12 މަޖިލީސް މެންބަރަކު ޕީއެންސީއަށް ސޮއި ކުރައްވާފައެވެ. މިއާއެކު މިހާރު އެ ޕާޓީގެ މެންބަރުންގެ ގޮތުގައި މަޖިލީސް ތަމްސީލު ކުރައްވާ މެންބަރުންގެ އަދަދު ވަނީ 43 އަށް ވެއްޓިފައެވެ.
ޕާޓީ ދޫކުރައްވާ ވަޑައިގެންނެވި 12 މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުންނަކީ އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވި މެމްބަރުންނެވެ.
އެއިރު އެމްޑީޕީގެ އިސް ބޭފުޅުން ވަނީ އެމްޑީޕީ ދޫކޮށް ސަރުކާރާއި ބައެއް މެމްބަރުން ގުޅުނު ނަމަވެސް ދެން އިތުރު މެމްބަރުން ވަކިވެގެން ނުދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ.
2019 ވަނަ އަހަރު އިންތިހާބު ކުރިއިރު މަޖިލިސްގައި 87 މެންބަރުން ތިބި ނަމަވެސް، އިސްތިއުފާއެކު މިހާރު މަޖިލީސްގައި ތިބީ 80 މެންބަރުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހުޅުވާލަައިފި
4 ގަޑިއިރު ކުރިން

ހައްޖުވެރިންނަށް ހާއްސަ ފްލޫ ކްލިނިކުން ހިދުމަތްދޭ ވަގުތު އިތުރުކޮށްފި
4 ގަޑިއިރު ކުރިން

ކުވެއިތުގެ ވައިގެ ސަރަހައްދު އަލުން ހުޅުވައިފި
8 ގަޑިއިރު ކުރިން
.png&w=3840&q=75)
ޝަމްއާންގެ ތަހުގީގު ހިންގީ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާއެކު: ފުލުހުން
8 ގަޑިއިރު ކުރިން


.gif&w=3840&q=75)