
ކައުންސިލް މެމްބަރު އައިޝަތު އިބްރާހިމް ވަނީ އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސް އަށް ސޮއިކޮށްފަ
މާފަރު ކައުންސިލް މެމްބަރު އައިޝާ، އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސްއަށް!

އަހުމަދު ޒަލީފު - 20 އޯގަސްޓު 2023 - 13:45
މާފަރު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީ ކައުންސިލަރ، އައިޝަތު އިބްރާހިމް، ދަ ޑިމޮކްރެސްޓް އަށް ސޮއި ކުރައްވައިފިއެވެ.
ރައީސް ނަޝީދާއެކު ދަ ޑިމޮކްރެޓްސް ރިޔާސީ ކެނޑިޑޭޓް މިއަދު މާފަރަށް ވަޑައިގަންވާފައިވާއިރު، އައިޝާ ވަނީ މެމްބަރޝިޕް ފޯމު ރައީސް ނަޝީދާ ހަވާލުކުރައްވާފައެވެ.
ނ.މާފަރުން ގިނަ އަދަދެއްގެ އެމްޑީޕީ މެމްބަރުން "ދަ ޑިމޮކްރެޓްސް" މިއަދު ގުޅިފައިވާއިރު، މާފަރަކީ މީގެ ކުރިން އެމްޑީޕީގެ ބޮޑު ތާޢީދެއް އޮންނަ ރަށެކެވެ. ނަމަވެސް ރައީސް ނަޝީދު އެ ޕާޓީން އިސްތިއުފާދިން ހަމައިން މާފަރުގައި އޮތް އެމްޑީޕީގެ ރޫހު ވަނީ ވަރަށް ބޮޑަށް ވަޅުޖަހާފައެވެ.

މާފަރުން ޕާޓީއާ ގުޅުނު މެމްބަރުންގެ ފޯމުތައް ހަވާލުކުރަނީ
މާފަރުން ގިނަ އަދަދެއްގެ މެމްބަރުން ދަ ޑޮމިކްރެޓްސްއާ ގުޅިފައިވާއިރު، މާފަރު ކައުންސިލްގެ މިދިޔަ ދަޢުރުގެ ކައުންސިލް ރައީސް ޢަބްދުލްމާޖިދު ޢަލީއާއި، ނައިބު ރައީސް ޒަކަރިއްޔާ މުޙައްމަދުފުޅުވެސް ވަނީ އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސް އަށް ސޮއިކޮށްފައެވެ.
އެމްޑީޕީ ރޫޅާލައްވާނެ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ މެމްބަރުންނަށް އަޅުގަނޑު މި ދަންނަވަނީ އެމްޑީޕީ އަޅުގަނޑު ރޫޅާލާނަން، ރޫޅާލާނަން، ރޫޅާލާނަން - ނަޝީދު
ފޫވައް ވެއްޓުނީމަ ކަށިކެޔޮ ގަނޑު ރޫޅޭނެ ކަމަށާއި، އެމްޑީޕީގެ ފޫވައް ވެއްޓި، އެ ޕާޓީ އެ ދަނީ ރޫޅެންކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

އިންޑިއާއިން ދިން ހިމަބިހީގެ 20 ހާސް ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު މާލެ ގެނެސްފި
29 މިނިޓު ކުރިން

ސެޕްޓެމްބަރުން ފެށިގެން ކުދި ޕްލާޓިކް ކޮތަޅު ބޭނުންކުރުން މުޅިން މަނާ!
ގަޑިއިރެއް ކުރިން

ރައީސް ނަޝީދާއެކު މި ވެރިކަން ނިމުމަކަށް ގެނައުމަށް ހުންނާނަން: މީކާއީލް
18 ގަޑިއިރު ކުރިން

ފޭސްބުކް، އަދި އިންޓަރގްރާމް، ޑައުންވެއްޖެ
ދުވަހެއް ކުރިން


.gif&w=3840&q=75)