logo

ޖުމްހޫރީ "ބޮޑު ހިނގާލުން" މިއަދު ހަވީރު، ފެށޭނީ އާޓިފިޝަލް ބީޗުން!

profile

އަހުމަދު ޒަލީފު - 25 ދުވަސް ކުރިން

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ، އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ރިޔާސީ ޓިކެޓް އަރުވުމަށް ބޭއްވި ޖަލްސާގެ ތެރެއިން:- އަސްލު ފޮޓޯ | އަހުމަދު ޝުރާއު

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ، އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ރިޔާސީ ޓިކެޓް އަރުވުމަށް ބޭއްވި ޖަލްސާގެ ތެރެއިން:- އަސްލު ފޮޓޯ | އަހުމަދު ޝުރާއު

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމްގެ ރިޔާސީ ކެމްޕޭން ނިންމާލުމުގެ ބޮޑު ހިނގާލުން ހުކުރު ދުވަހުގެ ހަވީރު ބާއްވަން ނިންމައިފިއެވެ.

މި ހިނގާލުން ފެށެނީ އާޓިފިޝަލް ބީޗް ސްޓޭޖާއި ދެންވޭރު ދަނޑާއި ދެމެދު މަޖީދީ މަގުން ހުކުރު ދުވަހުގެ ހަވީރު 04:00 އެވެ. މި ހިނގާލުމުގައި ބައިވެރިވުމަށް ޤާސިމް އިބްރާހީމް ވަނީ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

ވެރިިކަމަށް ވަޑައިގަތުމުގެ ކުރިޔަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުސަހެޅުއްވި މާލީ ބަޔާނާއި، މިހާރުގެ ތަފާސްހިސާބުތައް އަޅާ ކިއުމަށް ފަހު އެމަނިކުފާނު ފައިސާ ހޯއްދެވި ގޮތް ސާފުކޮށްދޭން ރައްޔިތުން ގޮވާލަން ޖެހޭކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހަށް އިތުރު ދަޢުރެއް ދޭން ހެޔޮ ނުވާނެ، ރައްޔިތުން ވިސްނާ މި ވެގެންދާ ހުރިހާ ކަމަކާމެދު - ޤާސިމް

ގދ. ތިނަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ގާސިމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ގެއްލުން ދީ މިނިވަންކަން ނިގުޅައިގަތް ވެރިއަކަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ ކަމަށެވެ. އަދި ރައްޔިތުން ފައިސާއަށް ވިކިދާނެކަމަށް ސަރުކާރުން ދެކުމަކީ ކުށް ހީއެއްކަމަށާއި، އަޅުވެތިކަމުގެ ވަޅުގަނޑަކަށް ވެއްޓެން ދިވެހިން ބޭނުން ނުވާނެކަމަށް ގާސިމް ވިދާޅުވި އެވެ.

މިވަރުގެ މީހަކު ނިކުމެ ތިމަންނާއަށް ވޯޓުދޭށޭ ބުނީމާ، ދިހަ ހާސް ރުފިޔާ ކީއްކުރަން ތޯ ވިހި ހާސް ރުފިޔާ ވޯޓަށް ދީފައި ވޯޓު އަޅާށޭ ބުންޏަސް ތިބޭފުޅުން ތައްޔާރެއް ނުވާނެ ވޯޓު ދޭން.. އެހެންވީމަ މި ދަންވަނީ ހެޔޮ ނުވާނޭ އެވަރުގެ މީހަކަށް ވޯޓުލާކަށެއް.. އެކަމަކު ސަފު ހަދާފަ ކިއު ޖައްސާފައި، އަތް ޖަހާފަ މިތިބެނީ.. ފޯރިއަރާފަ ކޮން ކަމަކާތޯ.. އަޅެ ހެޔޮނުވާނެ، ރަނގަޅަށް ވިސްނާލަން އެބަޖެހޭ..

ގާސިމް ވިދާޅުވީ ދިވެހި ގައުމުގެ މިނިވަންކަމަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރުމުން، ފައިސާއަށް ވެސް ދިވެހި ރައްޔިތުން ވޯޓު ނުދޭނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ސޯލިހު ރަށްތަކަށް ވަޑައިގަތުމުން އެ ރަށެއްގެ ރައްޔިތުން ނިކުމެ ކިޔާ މަރުހަބާއަށް ފާޑުވިދާޅުވެ ވިދާޅުވީ އެބޭފުޅުން ނިކުމެ ފޯރިއާއި އެކު އަތް ޖަހަނީ ކޮން ސަބަބަކާއި ހުރެތޯ ސުވާލު އުފެދޭ ކަމަށެވެ. މަދަމާ ވެސް ރައްޔިތުން ފުރޮޅިގެން ދާން އޮތީ އަޅުވެތިކަމުގެ ތެރެއަށްކަމަށާއި، އެވަރުގެ ބޭފުޅަކަށް ވެރިކަން ދޭން ނުޖެހޭކަމަށް ގާސިމް ވިދާޅުވި އެވެ.

ރާއްޖޭގައި މީގެކުރިން އުފެދުނު ވެރިކަންތަކުގައި ރައްޔިތުންނަށް ދިނީ ދޯކާ ކަމަށާއި ހުރިހާ ވައުދުތަކެއް ދަނީ ފަނުފުލުން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް ލ. ގަމުގައި މިއަދު ވަނީ ވިދާޅުވެފައެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ލ. އަތޮޅަށް ކުރެއްވި ދަތުރުގައި އެ އަތޮޅު ގަމުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ވެރިކަމަށް އައިސް ކޮންމެ ބަޔަކު ވެސް ޖޭޕީ އަށް ދެނީ ދޯކާ ކަމަށެވެ. ގާސިމް އެ އިޝާރާތް ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާއި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ގެންނެވުމަށް ޖޭޕީން ކުރި މަސައްކަތަށެވެ. ގާސިމް ވިދާޅުވި ގޮތުގައި، ކޮންމެ ފަހަރަކު ވެސް ކޯލިޝަން ހަދަން ވީމަ، އޭނާގެ ކައިރި އަށް ވަޑައިގެން އާދޭސް ކުރައްވަނީ ޕީޕީއެމާއި އެމްޑީޕީ ފަދަ ބޮޑެތި ޕާޓީތަކުން ކަމަށެވެ.

tel:+9607331319