
—
މެމްބަރު ސިނާނު އެމްޑީޕީއަށް!

އަހުމަދު ޒަލީފު - 28 ސެޕްޓެމްބަރު 2023 - 12:20
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސިނާން އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.
ސިނާންއަކީ 18ވަނަ މަޖިލީހުގައި މައްޗަންގޯޅި އުތުރުދާއިރާގެ ގޮނޑި ޕީޕީއެމް ޓިކެޓްގައި ކާމިޔާބުކުރައްވި ބޭފުޅެކެވެ. އަދި ސިނާންއަކީ ޕީޕީއެމް ދޫކުރައްވައިގެން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެންބަރުންގެ ތެރެއިން މެންބަރެކެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައީސް ކަމުން ދުރުކުރަން ރިޝްވަތު ނެގި ކަމުގެ ތުހުމަތުގައި އޭރު އޭނާ ހައްޔަރު ވެސް ކުރެވުނެވެ. އޭނާ ދޫކޮށްލީ ރިޔާސީ އިންތިޚާބުގެ ފަހުންނެވެ.
އޭގެފަހުން 19ވަނަ ރައްޔިތުންގެ މަޖިލީހަށް އަމިއްލަގޮތުން ސިނާން ވާދަކުރެއްވިނަމަވެސް ކުރިމަތިވީ ނާކާމިޔާބީއަކާއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ރައީސް ސޯލިހަށް ކާމިޔާބު ކޮށްދިނުމުގެ ގޮތުން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އެމްޑީޕީއާ ގުޅެމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އިންޑިއާއިން ދިން ހިމަބިހީގެ 20 ހާސް ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު މާލެ ގެނެސްފި
3 ގަޑިއިރު ކުރިން

ސެޕްޓެމްބަރުން ފެށިގެން ކުދި ޕްލާޓިކް ކޮތަޅު ބޭނުންކުރުން މުޅިން މަނާ!
4 ގަޑިއިރު ކުރިން

ރައީސް ނަޝީދާއެކު މި ވެރިކަން ނިމުމަކަށް ގެނައުމަށް ހުންނާނަން: މީކާއީލް
21 ގަޑިއިރު ކުރިން

ފޭސްބުކް، އަދި އިންޓަރގްރާމް، ޑައުންވެއްޖެ
ދުވަހެއް ކުރިން


.gif&w=3840&q=75)