
ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތުގެ ތެރެއިން
ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 47 ރަށަކަށް ޖަނަރޭޓަރު ފޮނުވައިފި

އާމިނަތު ޝަފާ - 18 އޯގަސްޓު 2024 - 13:55
ރަސްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން މިހާރު 47 ރަށަކަށް ޖަނަރޭޓަރު ފޮނުވާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރުވެސް މި މައްސަލައަށް އެދެވޭ ކުރިއެރުމެއް ލިބިފައެއްނުވެއެވެ. ނަމަވެސް ސަރުކާރު ވެރިކަމާ ހަވާލުވެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
ސަރުކާރު ވެރިކަމާ ހަވާލުވެ މާގިނަ ދުވަހެއްނުވެވެސް އެކި ރަށްރަށުން މި މައްސަލަ ދިމާވިއިރު އެކަން އެހެން ދިމާވަނީ ކުރީ ސަރުކާރުން ޖެނެރޭޓަރުތައް މެއިންޓެއިން ނުކުރުމުގެ ސަބަބުން ކަމަށް ފެނަކައިންވަނީ ބުނެފައެވެ.
ފެނަކައިން ބުނީ މައްސަލަ ހައްލުކުރުމަސް އިތުރު ރަށްރަށަށްވެސް ބޭނުންވާ ޖަނަރޭޓަރުތައް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.
އަދި މައްސަލަ ހައްލުކުރުމަށް ބޭނުންވާ ސްޕެއާތައް ހޯދުމާއި، ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމާއި، ހަލާކުވާ ޖެނެރޭޓަރުގެ ބަދަލުގައި އިތުރު ޖެނެރޭޓަރުތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
ކަރަންޓުގެ މައްސަލަ ދިިމާވި ބޮޑެތި ރަށްރަށަށް ބަލާއިރު މާލެއާއި އައްޑުއާއި ހިންނަވަރާއި ފުވައްމުލަކާއި ކުޅުދުއްފުށި ފާހަގަކޮށްލެވެއެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ދެ އަހަރު ބޭނުންވާ ކަމަށް ފެނަކައިންވަނީ ބުނެފައެވެ.
ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް ވަރަށް އަވަހަށް ހައްލު ގެނެވޭނެ ކަމަށާއި މި ސަރުކާރުން ވެރިކަމާއި ހަވާލުވި އިރުގައި ރައްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ފެނަކައިގެ އެކި ބްރާންޗުތައް ހުރީ ވަރަށް ހާލުދެރަކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފައެވެ.
ފެނަކަ ކުންފުނީގެ ދަރަނި 4 ބިލިއަން ރުފިޔާއަށް އަރައެވެ. ކުންފުނީގެ ބްރާންޗުތަކުގައި ހުރި ޖެނެރޭޓަރު ސެޓުތަކާއި އެކި އާލާތްތައް މަރާމާތު ކުރުމުގެ އިތުރުން ދަރަނި އަނބުރާ ދެއްކުމާއި މަސައްކަތް ކުރިއަށްދާނެކަން ރައީސް އޭރުވަނީ ފާހަގަކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ރަސްމީކޮށް އިފުތިތާހުކޮށްފި
2 ގަޑިއިރު ކުރިން

އޭއީއެޗުން ކައިރި އަތޮޅުތަކުގަ އައުޓްރީޗް ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާކުރަނީ
4 ގަޑިއިރު ކުރިން

މިއަހަރުގެ 1 މިލިޔަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައުމުން ހޫނު މަރުހަބާއެެއް!
4 ގަޑިއިރު ކުރިން

ލަންކާގައި ޑެންގީ ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު 44,000 އަށްވުރެ މައްޗަށް!
6 ގަޑިއިރު ކުރިން


.gif&w=3840&q=75)