
---
މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ގާސިމް

އަހުމަދު ޒަލީފު - 03 ޖޫން 2024 - 14:31
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އިންތިހާބުކޮށްފި އެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެމްބަރުން ކަނޑައަޅައި މަޖިލީހުގެ ތަޅުމުން މިއަދު ވަނީ ފާސްކޮށްފަ އެވެ. އެއަށްފަހު ކޮމިޓީތަކުގެ މުގައްރިރުންނާއި ނައިބު މުގައްރިރުން އިންތިހާބުކުރަން މިއަދު ކުރިއަށްގެންދިޔަ އެވެ.
އެގޮތުން މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރަކަށް ގާސިމް އިންތިހާބުކުރީ 11 މެންބަރުންގެ އިއްތިފާގުންނެވެ. އެ ކޮމިޓީގެ ނައިބު މުގައްރިރަކަށް އިންތިހާބު ކުރީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އެވެ.
މާލިއްޔަތު ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ދައުލަތުގެ މާލިއްޔަތާއި ގުޅުންހުރި ކަންކަން ބެލުމާއި، ކަމާގުޅުންހުރި ފަރާތްތައް ޖަވާބުދާރީކުރުވުމާއި، ދައުލަތުގެ ބައެއް މަގާމުތަކުގެ މުސާރަތައް ބަލައި މުރާޖައާކޮށް ގޮތްތަކެއް ނިންމުމެވެ.
ގުޅުން ހުރި ޙަބަރުތައް

މިސަރުކާރުގެ ސިޔާސަތަކީ އިސްލާމް ދީނަށް ނަސްރުދިނުމުގެ ސިޔާސަތު: ރައީސް
8 ގަޑިއިރު ކުރިން
ގަވާއިދާ ހިލާފްވި ބިދޭސީންތަކެއް ހައްޔަރުކޮށްފި
11 ގަޑިއިރު ކުރިން

މާލޭގެ ފަޅުތަކުގައި އޮތް 20 އުޅަނދެއް ސިޓީ ކައުންސިލުން ޖޫރިމަނާކޮށްފި
11 ގަޑިއިރު ކުރިން

މަސްތުވާތަކެތި ވިއްކި އަންހެނަކު ކުށުގެ ރެކޯޑެއް ނެތުމުން ދޫކޮށްލަ ދިނުމަށް ކޯޓުގައި އެދިއްޖެ
12 ގަޑިއިރު ކުރިން


.gif&w=3840&q=75)