logo
ރައީސް ސޯލިހު ގުރައިދޫގައި

ރައީސް ސޯލިހު ގުރައިދޫގައި

ނަތީޖާ އަޅުގަނޑަށް އެނގޭ، 2018 އަށްވުރެ ރަނގަޅުވާނެ - ރައީސް

profile

އަހުމަދު ޒަލީފު - 17 ޖުލައި 2023 - 14:02

2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓަށް ލިބުނު ވޯޓަށްވުރެ ރަނގަޅު ނަތީޖާއެއް މިއަހަރުގެ ރިޔާސީ އިންތިހާބު ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާލުވެއްޖެއެވެ.

https://wamco.com.mv/

ރައީސް މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ވ. އަތޮޅުގެ ފަސް ރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ފެލިދޫ އަށް ވަޑައިގެން އެރަށުގައި ދެއްކެވި ވާހަކަފުޅުގައެވެ.

"ޖަޒީރާ ރާއްޖެ" ގެ ތަސައްވުރާ އެކު، އެ ދުވަހު ނުކުންނެވީ ތަފާތު ކުރުމެއް ނެތި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އަސާސީ ހިދުމަތްތަކާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ވ. އަތޮޅުން މި ފެންނަނީ އޭގެ މިސާލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ނިމިދިޔަ 2018 ވަނަ އަހަރުގެ މި ރަށުގެ ނަތީޖާ އަޅުގަނޑަށް އެނގޭ. އެހެން ނަމަވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެއްވެސް ރަށެއް އަޅުގަނޑު ބާކީއެއް ނުކުރަން." ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު އެމްޑީއޭއާއި އަދާލަތުން ވަނީ ކޯލިޝަން ހަދާފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކުގައި ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އޮތީ ހެޔޮ ނިޔަތެއްގައި ކަމަށާއި އެ ބޭފުޅުން ރައްޔިތުންނަށް ދެރަ ގޮތެއް ނުހައްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

މި އަހަރުގެ ސެޕްޓެމްބަރުގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދައި އެކުގައި މަސައްކަތް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީއެއް ލިބުމާއެކު އަދާލަތު ޕާޓީގެ މަޖިލިހުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައިފައެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކޯލިޝަނެއްގެ ތެރެއިން މަސައްކަތް ކުރުމަށް ފާސްކޮށްފައެވެ.

އެމްޑީއޭގެ މި ނިންމުމާއެކު ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވަނީ މިކަމަަށް ޝުކުރުއަދާކޮށްފައެވެ.

ރައީސް ސޯލިހްގެ މި އަހަރުގެ ރިޔާސީ ކެމްޕެއިން "އުފާވެރި އަމާން ރާއްޖެ" ފެށުމަށް ފޯކައިދޫގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ މީގެކުރިން ބޭއްވި ތިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެރިކަމުގައި އޮންނަ ޕާޓީއަކާ އެކުގައި ކޯލިޝަން ހަދާނެ ބަޔަކު ނުވާ ކަމަށެވެ. އެކަމަކު، މިހާރު ވެރިކަމުގައި އޮތް އެމްޑީޕީ ރިޔާސީ ރޭހަށް ނުކުމެ ތިބީ ކޯލިޝަނަކާ އެކުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިއީ ހެޔޮ ނިޔަތެއްގައި ތިއްބެވި ބޭފުޅުން. އެ ބޭފުޅުން ދެރަ ގޮތެއް ނުހައްދަވާނެ. މިއީ ރާއްޖޭގައި އުފެދޭ މެމްބަޝިޕް އެންމެ ބޮޑު ކޯލިޝަން،" ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk