
ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުޢާޒް
ސްމާޓް މީޓަރު ޕްރޮޖެކްޓާއެކު ކަރަންޓު ބިލްތައް ކުޑަވެގެންދާނެ - މުއާޒު

އަހުމަދު ޒަލީފު - 28 އޭޕްރީލު 2024 - 12:00
ކަރަންޓް ބޭނުން ކުރެވޭ މިންވަރު ދުވަހުން ދުވަހަށް ބަލާލެވޭ ސްމާޓް މީޓަރުގެ ޕްރޮޖެކްޓާއެކު ރައްޔިތުންނަށް ލުއި ފަސޭހަތައް ވެގެން ދާނެ ކަމަށާއި ކަރަންޓު ބިލްވެސް ކުޑަވެގެން ދާނެ ކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުޢާޒު ވިދާޅުވީ، ނިމިދިޔަ ރޯދަ މަހުގެ ކަރަންޓު ބިލް ބޮޑުވެގެން ގިނަ ބަޔަކު ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި އެ ޝަކުވާތަކާއި ގުޅިގެން ރީޑިންގ ނެގުމުގައި މައްސަލައެއް އުޅޭތޯ އާއި ޔޫއާރއޭއިން ކަނޑަޅާފައި ހުރި މިންގަނޑުތަކަށް ބިލު ކުރެވުފައި ހުރިތޯވެސް ބެލި ކަމަށެވެ. ނަމަވެސް އެކަހަލަ އެއްވެސް މައްސަލައެއް ނެތް ކަމަށް މުއާޒު ވަނީ ވިދާޅުވެފައެވެ.
މުއާޒު ވިދާޅުވީ ރޯދަމަހުގެ ކަރަންޓު ބޭނުން ކުރެވުނު މިންވަރު އިތުރުވުމުގެ ސަަބަބުންނާއި އެ ދުވަސްވަރު ހޫނުގަދަ ވުމުގެ ސަބަބުން ބިލް ބޮޑުވެފައިވާ ކަމަށާއި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެގެން ދިޔަ ކަމަށެވެ.
އަދި ހަމައެއާއެކު ފެނަކައިން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ސްމާޓް މީޓަރ ޕްރޮޖެކްޓު ފެށުމުން ރައްޔިތުން އިތުރަށް ހޭލުންތެރިވެ ކަރަންޓް ބޭނުން ކުރެވޭ މިންވަރު ރައްޔިތުންނަށް އެނގޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"ފެނަކައިގެ ފަރާތުން ސްމާޓް މީޓަރ ޕްރޮޖެކްޓެއްވެސް މިހާރު ފަށައިގެން މިއުޅެނީ. މާނަ އަކީ ކޮންމެ ދުވަހަކު އެގެއަށް ކޮންޒިޔުމް ކުރެވޭ ޔުނިޓް ތަކުގެ އަދަދު އޭރުން ވަގުތުން ބެލެން ހުންނާނެ. މާނަ އަކީ މާދަމާ ނިމޭ އިރު މިހާރު ބިލަށް އަރާފައި ހުރި ވަރު އެނގޭނެ. އެހެންވީމާ އޭރުން ކަސްޓަމަރުންނަށް އެނގޭނެ އިތުރަށް އިކޮނަމައިޒް ކުރަން. އޭރުން މަގުފަހި ވެގެންދާނެ ބޭނުން ލެވެލްގައި ކަރަންޓް ބިލު ބަހައްޓަން،". މުޢާޒު ވިދާޅުވިއެވެ.
މުޢާޒު ވިދާޅުވި ގޮތުގައި ދ. އަތޮޅުގައި މިހާރު އެ ޕްރޮޖެކްޓް ކުރިއަށް އެބަދެއެވެ. އަދި ދ.ކުޑަހުވަދޫގައި މިހާރު ޕްރިޖެކްޓްގެ މަސައްކަތް ނިމިފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެެވެ.
ގުޅުން ހުރި ޙަބަރުތައް

ފަރެސްމާތޮޑާ ބަނދަރު ހެދުމުގެ މަސައްކަތް ފަށައިފި
4 ގަޑިއިރު ކުރިން

ވޯޓު ފޮށިތަކާއި ލިޔެކިޔުންތައް ރަށްރަށަށް ފޮނުވަން ފަށައިފި
6 ގަޑިއިރު ކުރިން

މިއަހަރު ރާއްޖެއަށް އެންމެ ހޫނުގަދަވާނީ އަންނަ އޭޕްރީލް މަހު: މެޓް އޮފީސް
6 ގަޑިއިރު ކުރިން

ހުޅުމާލޭގައި 704 ފުލެޓް ބެލެހެއްޓުން އެޗްޑީސީއަށް!
21 ގަޑިއިރު ކުރިން


.gif&w=3840&q=75)