logo
—

ކުރީގެ ނައިބު ރައީސް ޖިހާދު އާއެކު ޖޭޕީގެ އިސް ބޭފުޅުންތަކެއް ޑރ މުޢިއްޒު އެންޑޯޒްކޮށްފި

profile

އަހުމަދު ޒަލީފު - 23 ސެޕްޓެމްބަރު 2023 - 17:34

ކުރީގެ ނައިބް ރައީސް އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްޕެޝަލް އެޑްވައިޒަރު އަބްދުﷲ ޖިހާދާއެކު އެޕާޓީގެ ގިނަ ކައުންސިލް މެންބަރުންތަކެއް އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒާއި ބައިއަތު ހިއްޕަވައިފިއެވެ.

https://wamco.com.mv/

ގިރާވަރު ކޮމިޓީއާއެކު މިރޭ ބޭއްވުނު ބައްދަލުވުމުގައި ޑރ. ޖިހާދުގެ އިތުރުން ޖޭޕީގެ ގިނަ މެންބަރުން ވަނީ މުއިއްޒުގެ ފަހަތްޕުޅަށް އަރާވަޑައިގެން، އޭނާއަށް ތާއިދު ކުރައްވަން ނިންމަވައިފައެވެ.

މިގޮތުން އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒަށް ތާއިދު ކުރައްވަން ނިންމެވި ބޭފުޅުންގެ ތެރޭގައި

  1. ޖުމްހޫރީ ޕާޓީގެ ސްޕެޝަލް އެޑްވައިޒަ އަކަށް މިއަދާ ހަމަޔަށް ހުންނެވި ޑރ.އިރުތިޝާމް އަލީ،
  2. ރާއްޖޭގެ ފުރަތަމަ ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ.އައިޝަތު ނާޒް،
  3. ފިލްމީ ތަރި އާމިނަތު ރިޝްފާ،
  4. ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރ މުހައްމަދު ނާޒިލް،
  5. ޖުމްހޫރީޕާޓީގެ ޒުވާނުންގެ ލީގުގެ ރައީސްގެ މަޤާމުގައި ހުންނެވި ކުރީގެ މެންބަރ ޔާމިން ރަޝީދު،
  6. ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުގެ މަޤާމުގައި ހުންނެވި އަލްފާޟިލް ހަސަން މުޤުނީ،
  7. ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރ އަލްއުސްތާޒު އަލީ އިބްރާހިމް ދީދީ،
  8. ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރ އަލްފާޟިލް އަދީލް އަލީ،
  9. ޕްރޮޖެކްޓް އަދި ބިޒްނަސް މެނޭޖްމަންޓު ދާއިރާއިން ޑަބަލް މާސްޓާސް ހާސިލްކުރައްވާފައިވާ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރ އަލްފާޟިލް މުހައްމަދު ޝާހިދު،
  10. އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި މަޝްހޫރު ބައިބަލާ ތަރި ބީޖީ ސަނީ،
  11. ގާފަރު ކޮމިއުނިޓީއަށް ނިސްބަތްވާ ވިޔަފާރިވެރިޔެއް ކަމަށްވާ އަބްދުﷲ މާޖިދު

ޕީޕީއެމްގެ މެމްބަރޝިޕް ފޯމު ހަވާލުކުރެއްވީ ޑރ މުއިއްޒު އާއެވެ

ރިޔާސީ އިންތިހާބުުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ވަކި ކޮޅަކަށް ނާރަން ނިންމާފައިވާއިރު އެޕާޓީގެ ގިނަ މެންބަރުން ދަނީ އިދިކޮޅު ކޯލިޝަނާއި ގުޅި ކެމްޕެއިން ހަރަކާތުގައި ބައިވެރިވަމުންނެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay