
އިންޓަރހައުސް ޖޫނިއާރ ހޭންޑްބޯޅަ މުބާރާތުގައި މާރަނގަ އަދި ކުރަނގި ބައްދަލު ކުރި މެޗްގެ ތެރެއިން
އިންޓަރހައުސް ޖޫނިއާރ: ވައްލަ - ކުރަނގި، ކުރަނގި - މާރަނގަ، ގަދަ ހިފުން މިއަދު ހަވީރު!

އަހުމަދު ޒަލީފު - 10 ނޮވެމްބަރު 2023 - 09:49
"ޓީލް އިންޓަރހައުސް ސްޕޯޓްސް ފިއެސްޓަރ 2024 - 2023"ގެ އިންޓަރހައުސް ފުޓުބޯޅަ މުބާރާތާއި ހޭންޑްބޯޅަ މުބާރާތުގެ ކީ ސްޓޭޖް 2(ޖޫނިއާރ) ބައިގެ ފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުއެވެ.
އެގޮތުން، ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި ބައްދަލު ކުރާނީ، ކުރަނގި އަދި ވައްލައެވެ. ހޭންޑްބޯޅަ މުބާރާތުގައި ބައްދަލު ކުރާނީ ކުރަނގި އަދި މާރަނގައެވެ.
އިންޓަރހައުސް ފުޓުބޯޅަ މުބާރާތުގެ ކީ ސްޓޭޖް 2(ޖޫނިއާރ) ބައިގެ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗްގައި އިއްޔެ ބައްދަލުކުރީ ވައްލަ އަދި މާރަނގައެވެ. މި މެޗް 7-1 ގެ ތަފާތަކުން ކާމިޔާބު ކުރީ ވައްލަ ހައުސްއެވެ.

އިންޓަރހައުސް ޖޫނިއާރ ހޭންޑްބޯޅަ މުބާރާތުގައި ވައްލަ އަދި މާރަނގަ ބައްދަލު ކުރި މެޗްގެ ތެރެއިން : ފޮޓޯ މާފަރު ސުކޫލު
މިއަދުގެ މެޗްގެ މޮޅު ކުޅުންތެރިއަކަށް ޒަލަފް ހޮވުނުއިރު، ޒަލަފަކީ މިހާރު މާފަރު ސުކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން ފުޓުބޯޅައަށް އެންމެ ހުނަރުވެރި އެއް ދަރިވަރެވެ. މީގެ އިތުރުން، އެ ޓީމަށް ކުޅުނު އިޝާމްގެ ފަރާތުންވެސް މޮޅު ކުޅުމެއް މިއަދުގެ މެޗްގައި ފެނިގެން ދިޔައެވެ.
އިންޓަރހައުސް ހޭންޑްބޯޅަ މުބާރާތުގެ ކީ ސްޓޭޖް 2(ޖޫނިއާރ) ބައިގެ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗްގައި އިއްޔެ ބައްދަލުކުރީ ވައްލަ އަދި މާރަނގައެވެ. މި މެޗް 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ މާރަނގަ ހައުސްއެވެ.

އިންޓަރހައުސް ޖޫނިއާރ ހޭންޑްބޯޅަ މުބާރާތުގައި މާރަނގަ އަދި ކުރަނގި ބައްދަލު ކުރި މެޗްގެ ތެރެއިން
މި މުބާރާތުގެ ފައިނަލް މެޗްތައް މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާއިރު، މިހާނަތަށް އައިއިރު ފޯރިގަދަ މެޗްތަކެއް ވަނީ ފެނިގެން ގޮސްފައެވެ.
މިއަދުގެ ފައިނަލް މެޗާއި، ނިންމުމުގެ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ 15:45 ގައެވެ.
ގުޅުން ހުރި ޙަބަރުތައް

ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު 2 މީހުން ހޯދަން ޑްރޯން ބޭނުން ކުރަނީ
5 ގަޑިއިރު ކުރިން

ޢީދު ހަވީރު 1447 ހަރަކާތުގައި އެމްއެންޑީއެފްގެ ސްޓޯލްތަކަށް ބޮޑު ތަރުހީބެއް
5 ގަޑިއިރު ކުރިން

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އީދު ސައި ބީއެމްއެލް އިން ބާއްވައިފި
13 ގަޑިއިރު ކުރިން

ޢީދަށްފަހު، ހޯމަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނެ
13 ގަޑިއިރު ކުރިން


.gif&w=3840&q=75)