logo
ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު

ދީބާޖާއަށް ބަދަލު ދިނުމުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

profile

އަހުމަދު ޒަލީފު - 19 ނޮވެމްބަރު 2023 - 11:18

ދީބާޖާ އިންވެސްޓްމަންޓާ އެކު ދިވެހި ސަރުކާރުން އެކުލަވާލި އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލު ދޭން ޖެހޭ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

https://wamco.com.mv/

މި މައްސަލަ ކޯޓުން ބޭރުކޮށްލީ އެ މައްސަލަ ބާތިލް ކުރަން ދީބާޖާ އިން ކޯޓަށް ލިޔުން ހުށަހެޅުމާ ގުޅިގެންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދޭން ދީބާޖާއާ އެކު ހެދި އެއްބަސްވުން ބާތިލްކުރީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ގައެވެ.

ސިވިލް ކޯޓުގެ ގާޒީ އަހުމަދު އަބްދުލްމަތީން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ މި މައްސަލަ ކޯޓުން ބޭރުކޮށްލީ ސެޕްޓެމްބަރު 21، ގައި ދީބާޖާ އިން ދައުވާ އަނބުރާ ގެންދިޔަކަން ލިޔުމުން އެންގުމުން ކަމަށެވެ. ސުޕްރީމް ކޯޓުން މި ހުކުމްކުރީ އޮކްޓޯބަރު 9، 2022 ގައެވެ.

އެމްޑީޕީގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2011 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި 348 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދޭން ކުރި ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ނިންމީ ޝަރުއީ އެކި މަރުހަލާތަކުގައި ހިނގާތާ އަށް އަހަރު ފަހުންނެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ހުކުމްކުރީ ދީބާޖާގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގޯސްކޮށް ކަމަށް ވިޔަސް، އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމް ކޮށްފައި އޮތީ ގޯސްކޮށް ކަމަށެވެ. އެހެންވެ، ދީބާޖާއަށް ލިބެންޖެހޭ ބަދަލުގެ މިންވަރާއި މެދު ސިވިލް ކޯޓުން އަލުން ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން އެންގިއެވެ.

އަލުން އިސްތިއުނާފުކޮށްފި ނަމަ، މައްސަލަ މައުޟޫއީ ގޮތެއްގައި އެ ކޯޓުން ބަލައި ހުކުމެއް ނެރޭނެ ކަމަށް ވެސް އެ ހުކުމްގައި ބަޔާންކޮށްފައިވެއެވެ. ސުޕްރީމް ކޯޓުން ތިން ވަނަ ފަހަރު އެ މައްސަލަ ބެލީ ދެ ވަނަ ފަހަރު އަލުން ހުށަހެޅުމަށް ދީބާޖާއަށް ދިން ފުރުސަތުގައި މައްސަލަ ހުށަހެޅުމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk