
އާރުއޭސީއެލްގެ ކުރީގެ އެމްޑީ އަދި ބިލަތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު މުބީން
ކެންޑިޑޭޓުން ހޮވުމުގައި ޕީއެންސީ އިން ބަލާފައިވާނީ ޤާބިލްކަމަށް: މުބީން

މުޙައްމަދު ފަޟްލޫން - 19 ފެބްރުއަރީ 2026 - 06:26
ލޯކަލް ކައުންސިލްގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރާ މޭޔަރުން ކަނޑައެޅުމުގައި ބަލާފައިވާނީ ގާބިލްކަމާއި ތަޖުރިބާ އަށް ކަމަށް އާރުއޭސީއެލްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަދި ބިލަތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު މުބީން ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގެ އެންމެ ފަހުގެ މައުލޫމާތު އާއްމުންނާއި ހަމައަށް ގެނެސްދިނުމަށް ކުރިއަށްގެންދާ ދިވެހިންގެރާއްޖެ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން މުބީން ވިދާޅުވީ ސިޓީތަކާއި ކައުންސިލްތަކަށް އިންތިހާބުވާ ފަރާތްތަކުން ހަވާލްވަނީ ވަރަށް ބޮޑެތި ތަރައްގީގެ ޒިންމާތަކެއް އަދާކުރުމަށް ކަމަށެވެ.
ސިޓީތަކާއި ލޯކަލް ކައުންސިލްތަކަށް ވަރަށް ބޮޑެތި ބާރުތަކެއް ގާނޫނުން ލިބިދީފައިވާ ކަމަށް މުބީން ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީތަކަށް ޕީއެންސީގެ ފަރާތުން ކަނޑައަޅާފައިވާ ކެންޑިޑޭޓުންނަކީ ވަރަށް ބޮޑަށް ދިރާސާކުރެވި ޕާޓީގެ ތެރޭގައި މަޝްވަރާކުރެވިގެން ނަގާފައިތިބި ކެންޑިޑޭޓުންތަކެއް ކަމަށް މުބީން ވިދާޅުވިއެވެ.
މިސާލަކަށް ތިނަދޫ ސިޓީއަށް އަޅުގަނޑުމެން ނަގާފައިވާ މޭޔަރ ކެންޑިޑޭޓް އަކީ ތައުލީމީ ދާއިރާގަ އާއި ހިންގުމުގެ ދާއިރާގައި ވަރަށްގިނަ ރައްޔިތުންތަކަކާއި އެކީ އެތައްދުވަހަކު އެއްކޮށް އެތައް ދުވަހެއްވަންދެން އުޅުއްވާފައިވާ ފަރާތެއް: މުބީން
ފުވައްމުލައްސިޓީ އަށް ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާފައިވާ އަލީ މަސީހު އަކީ އެ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދައި އެސިޓީ އެހެން ލެވެލް އަކަށް ގެންދެވޭނެ ފަދަ ގާބިލް ބޭފުޅެއް ކަމަށް މުބީން ވިދާޅުވިއެވެ.
ފުވައްމުލައްސިޓީ މޭޔަރ ކެންޑިޑޭޓް މަސީހު އަކީ ހިންގުމުގެ ދާއިރާގައި ކައުންސިލް އިދާރާ އާއި ހިންގުމުގެ ދާއިރާގެ ތެރޭގައި އެތައް ދުވަހެއްގައި އުޅުއްވާފައި ހުންނެވި އެކަމުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށް މުބީން ވިދާޅުވިއެވެ.
މާލެ ސިޓީއަކީ ވެސް އަބަދުވެސް އެތަކެއް މައްސަލަތަކެއް އޮންނަ ތަނެއްކަން ފާހަގަކުރައްވައި މުބީން ވިދާޅުވީ މާލެ ސިޓީ އަކީ އަބަދުވެސް އެމްޑީޕީގެ މޭޔަރެއް ހުންނެވި ތަނެއް ކަމަށެވެ. ނަމަވެސް އެމްޑީޕީ އަށް މާލެ ސިޓީއަށް ހަމަޖެހުން ނުގެނެވުނު ކަމަށް މުބީން ވިދާޅުވިއެވެ.
ރައީސް މުއިއްޒު މާލެ ސިޓީ މޭޔަރު ކަމަށް ވަޑައިގެން މާލެ ސިޓީގެ ކަންކަން ރަގަޅު ކުރައްވައި ޕާކުތައް ތަރައްގީ ކުރެއްވި ކަމަށް މުބީން ވިދާޅުވިއެވެ.
މާލެ ސިޓީ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް އަކީ ޕީއެންސީގެ ތެރޭގައި މަޝްވަރާކުރެވިގެން މޭޔަރުކަމަށް ވާދަކުރަން ކަނޑައަޅުއްވާފައިވާ ބޭފުޅެއް ކަމަށް މުބީން ވިދާޅުވިއެވެ.
މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ މޫސާ އަލީ ޖަލީލް އަކީ މާލެއަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކަށް ހައްލުގެނެސްދެއްވާނެ ބޭފުޅެއް ކަމަށް މުބީން ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މިއަދު ބާއްވާ ހުރިހާ އިންތިހާބެއްގެ ނަތީޖާ އިއުލާންކުރާނީ ވަކިވަކިން، ފުރަތަމަ އިއުލާން ކުރާނީ ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ
44 މިނިޓު ކުރިން
ވޯޓެއްގައި ބައިވެރިވާން ބޭނުން ނުވާނަމަ އެ ފުރުސަތު އޮންނާނެ: އީސީ
44 މިނިޓު ކުރިން
ވީއައިއޭގެ ޓެކްސީވޭ-ޗާލީ ތަރައްގީ ކުރުމުގެ 3 ވަނަ ފިޔަވަހި މަސައްކަތް ފަށައިފި
8 ގަޑިއިރު ކުރިން

އުތީމުގައި ގުރްއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފި
12 ގަޑިއިރު ކުރިން


.gif&w=3840&q=75)