
ޖޭއެސްސީ
އަބްދުﷲ ގާޒީއާއެކު އިތުރު 5 ގާޒީއަކު ޖޭއެސްސީއަށް ކުރިމަތިލައިފި

އާމިނަތު ޝަފާ - 01 އޯގަސްޓު 2024 - 06:39
ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އިންތިހާބުކުރާ ފަނޑިޔާރުކަމަށް ކްރިމިނަލްކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ ގާޒީއާއެކު އިތުރު 5 ގާޒީއަކު ކުރިމަތިލައިފިއެވެ.
ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖޭއެސްސީއަށް ފަނޑިޔާރުން އިންތިހާބުކުރުން އޮންނާނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
ޖޭއެސްސީއަށް ދަށުކޯޓުތަކުން ކުރިމަތިލީ ގާޒީންނަކީ ކްރިމިނަލްކޯޓުގެ ގާޒީ އިބްރާހިމް އިހުސާން، ސިވިލް ކޯޓުގެ ގާޒީ އާއިޝަތު އަޒުފާ އަބްދުލްގަފޫރު، ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު، ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހަައްމަދުގެ އިތުރުން ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދެވެ.
ޖޭއެސްސީ އެިސްލާހުކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެކަމަށްޓަކައި މިހާރު އަންނަނީ މަޖިލީހުގެ ތެރެއިންވެސް މަސައްކަތްކުރަމުންނެވެ.
މިހާރު ޖޭއެސްސީ އެކުލެވިގެންވާ ގޮތަކީ ޖޭއެސްސީގެ ނައިބު ރައީސް މުހައްމަދު ނިޔާޒު، ފަނޑިޔާރުންގެ ތެރެއިން އިންތިޚާބުކުރި ފަނޑިޔާރު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް، މަޖިލީހުން ކަނޑައެޅި މެންބަރު ރިޒާ، ފަނޑިޔާރު ހުސްނުއްސުއޫދު، ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިޚާބުކުރި ފަނޑިޔާރު،ދަށު ކޯޓުތަކުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރު އަލީ ޝަރީފްއެވެ. މީގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ، ބަންޑާރަނައިބު އަހްމަދު އުޝާމް، ރައީސްގެ މެންބަރު މުހައްމަދު ސަމީރު، ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރި މެންބަރު އަލީ އަބްދުއްލަތީފެވެ.
ގުޅުން ހުރި ޙަބަރުތައް

އަމާޒަކީ އެމްޑީޕީއަށް 1 ލައްކަ މެމްބަރުން އިތުރުކުރުން: ރައީސް ނަޝީދު
2 މިނިޓު ކުރިން

މިއަހަރުގެ މިހާތަނަށް އެސްޑީއެފްއަށް 923 މިލިޔަން ރުފިޔާ ޖަމާކޮށްފި
2 މިނިޓު ކުރިން

ޝަހްޒާން ދޫކޮށްލައިފި
ގަޑިއިރެއް ކުރިން

ލ. ގަމުގައި ކަރަންޓު ޖެހި ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް، އިތުރު ފަރުވާއަށް މާލެ ގެންނަނީ
2 ގަޑިއިރު ކުރިން


.gif&w=3840&q=75)