
DjSLfTkVsAAH9uR.jpg
މިނިވަން ދުވަހުގެ ޕެރޭޑް މާދަމާ ހަވީރު އޮންނާނެ

އައިޝަތު އިނާޝާ - 25 ޖުލައި 2024 - 12:57
ދިވެހިރާއްޖޭގެ ފަޚުރުވެރި 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އެމްއެންޑީއެފްގެ "މަގުމަތީ ހިނގާލުން" ޖުލައި 26 ވަނަ ދުވަހުގެ ހަވީރު މާލޭގައި ބާއްވާގޮތަށް އޮންނާނެއެވެ
ހިނގާލުން ޝަރަފްވެރިކޮށްދެއްވާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު އެވެ.
އެމްއެންޑީއެފް އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑުގެ އިތުރުން، ގައުމީ ކެޑޭޓް ކޯގެ ޕެރޭޑާއި ރޫޓުމާޗް ވެސް މާދަމާ އެ ގަޑީގައި މާލޭގައި އޮންނާނެއެވެ.
އެމްއެންޑީއެފް އިން ބުނީ ހިނގާލުން ފަށާނީ، މާދަމާ ހަވީރު 16:15 ގައި ބަންޑާރަކޮށީން ކަމަށެވެ. މި ހިނގާލުމުގައި ޖުމްލަ ފަސް ތަނެއްގައި ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެ ކަމަށެވެ.
ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ.
މާދަމަ ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން ވެސް ވަނީ މަނާ ކޮށްފައެވެ. މާލެ ސިޓީ ކައުންސިލުން ބުނީ މާލޭގެ ބޮޑެތި މަގުތަކުގައި މާދަމާ ހިނގާލުން ކުރިޔަށްދާ ވަގުތު މާލޭގެ ޓްރެފިކް ކޮންޓްރޯލު ކުރުމަށް އުނދަގޫވާނެތީ އެ ވަގުތުގައި މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފައިވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ފަވަރަ މެދުވެރިކޮށް މިހާތަނަށް 100 ބިލިޔަން ރުފިޔާގެ މުޢާމާލަތް ކޮށްފި
22 މިނިޓު ކުރިން

މޯލްޑިވިއަނަށް އެމްޑީޕީ އިން ދޭންޖެހޭ 3.6 މިލިއަން ރުފިޔާ ދައްކަން ކޯޓުން ބޭރު އެއްބަސްވުމަކަށް
22 މިނިޓު ކުރިން

އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓްކުރާ ތެލުން ނަގާ ޓެކްސްތަކެއް ކަނޑާލައިފި
23 މިނިޓު ކުރިން

އިގްތިސާދީ ކުރިއެރުމަށް އެމްއެމްއޭ އިން އަގުހުރި ހިދުމަތްތަކެއް ކޮށްދިން: ޒަރީރު
23 މިނިޓު ކުރިން


.gif&w=3840&q=75)